ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)400/INDIV/2015/16
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 30 މާރިޗު 2015 15:00
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

1-     މަޤާމުގެ ނަމާއި ރޭންކާއި ކުލެސިފިކޭޝަން:

މަޤާމުގެ ނަން:

މަސައްކަތު

ރޭންކް:

އެސް. އެސް. 1

ކުލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާގެ ގިންތި:

ދާއިމީ

ބޭނުންވާ ޢަދަދު: 01

2-     މުސާރައާއި ޢިނާޔަތްތައް:

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލެވަންސް:

1,000.00 ރުފިޔާ

އެހެނިހެން އެލަވަންސްތައް: ސިވިލް ސަރވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ.

3-     މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމު އޮތް އޮފީސް / އިދާރާ:

ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ

ސެކްޝަން:

ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ / ލ. މާވަށު މަސްޖިދުއްސަލާމް

4-     މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާޞާ:

  • ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން، ނުވަތަ ކައުންސިލްގެ އިދާރާއިން އަންގަވާގޮތެއްގެ މަތިން،  މިސްކިތަށް ގޮސް  މިސްކިތުގެ އެތެރެ ރަނގަޅަށް ސާފުކުރުމާއި، ޖަމާޢަތުގެ ނަމާދުކޮށް ނިމުމުން، މިސްކިތުގެ ހޮޅިބުރިއާއި ފަންކާ ފަދަ ތަކެތި ނިންވުމާއި، ދޮރުތައް ލެއްޕުން.
  • ކައުންސިލްގެ އިދާރާއިން އިންތިޒާމުކުރާ ގޮތެއްގެމަތިން، މިސްކިތް ފޮޅައި ސާފުކުރުމާއި، ފާޚާނާއާއި އިސްކުރުބަރި ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި، ވިނަ ނޮޅުމާއި، ކުނި އުކައިލުމުގެ މަސައްކަތް ކުރުން.
  • މިސްކިތުގެ ވަޅު ހަޑިވިޔަ ނުދީ ބެލެހެއްޓުމާއި ވަޅުދިޔަ ހިއްކުން.
  • ކައުންސިލްގެ އިދާރާއިން އަންގަވާގޮތެއްގެމަތިން އަދި މިސްކިތުގެ އިމާމާއި މުވައްޒަފުގެ ސުޕަވައިޒަރުގެ އިރުޝާދުގެމަތިން، މިސްކިތުގެ ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑުތައް، ކޮންމެ ދުވަހަކުވެސް ފޮޅައި ސާފުކުރުމާއި، ހޮޅިބުރިތަކާއި ފަންކާތައް ދިއްލުމާއި ނިއްވުން. 
  • މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން މިސްކިތުގެ އިމާމަށް ނުވަތަ މުވައްޒަފުގެ ސުޕަވައިޒަރަށާއި ކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިޔުމާއި، މި ގެއްލުންތަށް ރަނގަޅުކުރުމަށްޓަކައި ކުރަން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. 
  • ކައުންސިލްގެ އިދާރާއާއި މުވައްޒަފުގެ ސުޕަވައިޒަރާއި، މިސްކިތުގެ  އިމާމް ހަމަޖައްސާގޮތެއްގެ މަތިން، މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްތައް ކޮށައި، ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  • މިސްކިތުގައި ދީނީ ދަރުސްދިނުން ފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ކައުންސިލްގެ އިދާރާއިން އަންގަވާ ގޮތެއްގެ މަތިން އަދި މިސްކިތުގެ އިމާމާއި މުވައްޒަފުގެ ސުޕަވައިޒަރު އަންގަވާގޮތެއްގެ މަތިން ފުރިހަމަ އެއްބާރުލުން ދިނުން.
  • މިސްކިތާ ގުޅޭގޮތުން ރައްޔިތުން ކުރާ ޝަކުވާ އަޑުއަހައި،  މިސްކިތުގެ އިމާމާއި މުވައްޒަފުގެ ސުޕަވައިޒަރާ އެ ޝަކުވާތައް ހިއްސާކޮށް، އެ ކަންތައްތައް ރަނގަޅުކުރުމަށް ފުރިހަމަޔަށް މަސައްކަތްކުރުން.
  • މި މަޤާމުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރަންޖެހޭ އެހެނިހެން މަސއްކަތްތައް ކައުންސިލްގެ އިދާރާއިން އަންގާގޮތެއްގެ މަތިން ކުރުމަށް ފުރިހަމަޔަށް އެއްބާރުލުން ދިނުން.

5-     މަޤާމުގެ ޝަރުޠުތައް:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

6-     ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ، ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
  • ވަޒީފާއަށް އެންމެ ޤަބިލް ފަރާތެއް ހޮވުމަށް ބެލޭނީ، ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް – 1 އޭޕްރީލް 2013 ގައިވާ '' ސަޕޯޓް ސަރވިސްގެ މަޤާމުތަކަށް މުވައްޒަފުން ޢައްޔަންކުރުމުގެ ކުރައިޓީރިއާ ( އެސް. އެސް. 1 އިން އެސް. އެސް. 5 އަށް ) ގައިވާ ގޮތުގެ މަތިންނެވެ. މިގޮތުން:

ދާއިރާ

ބެލޭނެބައިތައް

މާކްސް

އިންސައްތަ

ދެވޭނެ އެންމެ މަތީ މާކްސް

ކަނޑައެޅިފައިވާ އިންސައްތަ

ވަޒީފާގެ ޝަރުޠު

ވަޒީފާގެ ޝަރުޠު ފުރިހަމަވުން

25

12

25

12

ތަޢުލީމާއި ތަމްރީން

ލިބިފައިވާ އިތުރު ތަޢުލީމް

25

12

55

26

ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު ތަމްރީން

30

14

މަސައްކަތު ތަޖުރިބާ

ވަޒީފާއާ ގުޅޭ މަސައްކަތު ތަޖުރިބާ

20

9.5

30

14

އެހެނިހެން މަސައްކަތު ތަޖުރިބާ

10

4.5

ލިބިފައިވާ ހުނަރު

އިންޓަވިއު / ޕްރެކްޓިކަލްސް

100

48

100

48

ޖުމްލަ

210

100

210

100

ނޯޓް: މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތް، %50  (ފަންސާސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

7-     މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވަނީ، 1 އެޕްރީލް 2015 ން 30 އޭޕްރީލް 2015 ގެ ނިޔަލަށް ހައްދުންމަތީ މާވަށު  ކައުންސިލްގެ  އިދާރާގައެވެ.  އިންޓަރވިއު  ބޭއްވުމަށް  ކަނޑައަޅާ  ދުވަސް،  މި  މުއްދަތުގެ  ތެރޭގައި،  އިންޓަވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރުގެ ކުރިން ލިޔުމަކުން އެންގޭނެއެވެ.

8-     މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 މާރިޗު 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަށްޖެހޭ ލިޔުންތައް، ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. ސުންގަނޑި ހަމަވުމުގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއްވެސް، ލިޔުމެއްވެސް ބަލައެއް ނުގަނެވޭނެއެވެ.

9-     ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ، ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން (www.csc.gov.mvން) ނެވެ.

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަކޮޕީއެއް

(އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

6. ވަޒާފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓް: މާވަށު ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރަމުން ގެންދާ ފަރާތްތަކުން މި މަޤާމަށް ކުރިމަތިލާނަމަ، 2،3 ގައިވާ ތަކެތި ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

10- އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، ޢަމަލުކުރަންވީގޮތް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6800718 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6800718 އެވެ.  އީ މެއިލް ކުރާނީ [email protected] އަށެވެ.

 26 ޖުމާދަލްއޫލާ 1436  

17 މާރިޗު 2015