ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)410-P/410/2023/53
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 20:58
ސުންގަޑި: 02 ޖަނަވަރީ 2024 14:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ ކައުންސިލް އިދާރާއަށް ކައުންސިލް އެސިސްޓެންޓުން ނެގުމާއި ބެހޭ

މަޤާމް :ކައުންސިލް އެސިސްޓެންޓް (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :6

ގއ. ދާންދޫ ކައުންސިލްގެ އިދާރާއަށް ކައުންސިލް އެސިސްޓެންޓުންގެ ގޮތުގައި ތިރީގައި މިދަންނަވާ 6 މަޤާމަށް 12 މަސްދުވަހަގެ މުއްދަތަށް، މީހުން ބޭނުންވެއްޖެއެވެ.

މަޤާމު:

ކައުންސިލް އެސިސްޓެންޓް (ކޮންޓްރެކްޓް)

މަޤާމުގެ ނަންބަރު:

J-370334، J-370338، J-370345، J-370346، J-370347، J-370361

ބޭނުންވާ އަދަދު:

6

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

އެސް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 33.65 ރުފިޔާ

އެހެނިހެން އެލަވަންސް:

ރަމަޟާން އެލަވަންސް 3,000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެކިއެކި ބޭނުންތަކަށް ކައުންސިލަށް ހާޒިރުކުރަންޖެހޭ މީހުންނަށް ކިޔުމާއި، އަދި ކައުންސިލުގެ ފަރާތުން ރައްޔިތުންނަށް އަންގަންޖެހޭ އެންގުންތައް ކަމާއި ބެހޭ މުވައްޒަފު ހަވާލުކުރުމުން ލަސްނުކޮށް ކަނޑައެޅިފައިވާ ވަގުތަށް ޞައްޙަ މަޢުލޫމާތާއިއެކު އަންގަމުން ގެންދިއުން.
  2. އިޖްތިމާޢީ މަރުކަޒު، ކުނިކޮށި އަދި ޤަބުރުސްތާން، ބަނދަރު އަދި އިޖުތިމާޢީ ސަރަހައްދުތައް ސާފުތާހިރުކޮށް ބެހެލެއްޓުން.
  3. ކައުންސިލުން ބަލަހައްޓާ ޢިމާރާތްތަކާއި ތަކެއްޗާއި ތަނުގެ ކުދިމަރާމާތު ކައުންސިލްގެ އިދާރާގެ ކަމާއި ބެހޭ މުވައްޒަފުންނާއި ވާހަކަ ދައްކައިގެން އެކަންކަން މަރާމާތުކޮށް ބެލެހެއްޓުން.
  4. ކައުންސިލްގެ އިދާރާ ފޮޅާ ސާފުކުރުމާއި ގޯތިތެރެއާއި ވަށައިގެން މަގުގެ ސަރަހައްދު ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުމާއި އަދި ކައުންސިލުން ބަލަހައްޓަންޖެހޭ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމާއި ތަން ޒީނަތްތެރިކޮށް ބެހެއްޓުމަށް މަސައްކަތްކުރުން. އަދި އިޖުތިމާޢީ ސަރަހައްދު ތަކާއި ޤަބުރުސްތާން ސާފުކޮށް ބަލަހައްޓާ މީހުންގެ މަސައްކަތްތައް ބަލަހައްޓާ އެކަންކަމާއި ގުޅޭ މައުލޫމާތު ކައުންސިލާއި ހިއްސާކޮށް އެކަންކަމަށް ބޭނުންވާ ކުރިއެރުން ގެނެވުމަށް މަސައްކަތް ކުރުން.
  5. ރައްޔިތުންގެ ބޯފެންތާނގީތަކަށް ވާރޭފެން ނަގައި އެތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން.
  6. ކައުންސިލް މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް ދެއްވާ ޚިދުމަތްތަކުގެ ތެރެއިން ވަކި މުވައްޒަފަކު ނެތުގެ ސަބަބުން، ކުރުމަށް ރަށު ކައުންސިލުގެ އިސްވެރިޔަކު ހަވާލުކުރައްވާ މަޤާމާއި އެކަށީގެންވާ ރަސްމީ މަސައްކަތްތައް ކުރުން.
  7. ކައުންސިލްގެ ކުނިމޭނޭޖް ކުރުމުގެ ޕްރޮގްރާމްގައި ކައުންސިލުން ކަނޑައަޅާއި އަންގާ މަސައްކަތްތައް ކުރުން.
  8. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  9. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  10. ތެދުވެރިކަމާއި އިންސާފުވެރިކަމާއި އެކު ސިޔާސީ ނުފޫޒުން އެއްކިބާވެ ޤަވާއިދާއި ކޯޑް އޮފް ކޮންޑެކްޓްގައިވާ ގޮތަށް ޕްރޮފެޝަނަލް ކޮށް މަސައްކަތްތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކުރުން.

 

 

 

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެނގުން.

މަޤާމުގެ މަސައްކަތުގެ ދާއިރާ:

  • ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެދާއިރާއިންލިބިފައިވާތަޖުރިބާގެލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

މަސައްކަތުގެ ތަޖުރިބާ

5

އިންޓަވިއު

40

 

 

 

 

މި މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %70

އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ޖަނަވަރީ 2024 ގެ 14:00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 07 ޖަނަވަރީ 2024، (ދާންދޫ ކައުންސިލްގެ އިދާރާ) ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820026 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

13 ޑިސެންބަރު 2023