ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HRM/IU/2023/545
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 17:11
ސުންގަޑި: 20 ޑިސެންބަރު 2023 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓަންޓް ކްލީނަރ

އެސިސްޓަންޓް ކްލީނަރ
ހޮސްޕިޓަލިޓީ އޮޕަރޭޝަންސް

ވަޒީފާ އަދާކުރަންޖެހޭ ތަން:
ކުޑަގިރި

ތައުލީމީ ފެންވަރާއި ތަޖުރިބާ:
އަސާސީ ތަޢުލީމުގެ ފެންވަރު.

މަޤާމުގެ މަސްއޫލިއްޔަތު:
ހަވާލުކުރެވޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
• ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ހަވާލުކުރެވޭ ސަރަހައްދު ކުނިކަހާ ސާފުކުރުން. މީގެ ތެރޭގައި އޮފީހާއި ފާހާނާއާއި ރަށުތެރެ ކުނިކަހާ ސާފުކުރުން.
• ސަރަހައްދުން ނަގާ ކުނި ކަނޑައެޅިފައިވާ ތަނަކަށް ޖަމާކޮށް ސުޕަވައިޒަރަށް އެންގުން.
• ފާހާނަތަކަށް ބޭނުންވާ ތަކެތި ހަމަތޯބަލާ ގަވައިދުން ސްޓޮކް ކޮއްފައިބެހެއްޓުން.
• ޑަސްބިންތައް ގަވައިދުން ހުސްކުރުން.
• ދުވަހުން ދުވަހަށް ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ނިންމުމާއި ހަވާލުވެ ހުންނަ ސުޕަވައިޒަރއަށް ރިޕޯޓްކުރުން.
• ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެމަސައްކަތަށް އެއްބާރުލުން ދިނުން.
• މަޤާމާއި ޔުނިޓުގެ މަސައްކަތާއި ގުޅޭގޮތުން އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
• މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
• މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
• ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
• ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.

މުސާރަ: 10,500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:

• އައިޑީ ކާޑު ކޮޕީ އަދި ލައިސަންސް ކާޑު ކޮޕީ
• ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
• ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
• ސީވީ

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 20 ޑިސެންބަރު 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އަރބަންކޯ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: https://jobs.urbanco.mv 

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

13 ޑިސެންބަރު 2023