ތަމްރީނު
ނަންބަރު: (IUL)166-Schol/166/2015/25
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 28 މާރިޗު 2015 14:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ނިއުޒިލަންޑް ކޮމަންވެލްތު ސްކޮލަރޝިޕް 2015 އެވޯޑްސް

ނިއުޒިލަންޑް ކޮމަންވެލްތު ސްކޮލަރޝިޕްސް 2015 އެވޯޑްސް

ނިއުޒިލަންޑް

ޤައުމު:

2 ޕީ.އެޗް.ޑީ

 

ކޯހުގެ އަދަދު އަދި ލެވެލް:

www.dhe.gov.mv ގައި މި ކޯހަށް ހުށަހެޅޭނެ ދާއިރާތައް، އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ވާ މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.

ކޯހަށް ހުށަހެޅޭނެ ދާއިރާ:

  • އެޕްލައިކުރަން ބޭނުންވާ ދާއިރާއަކާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. އަދި
  • މި ކޯހުގެ ޝަރުޠުތައް އަދި އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓް www.dhe.gov.mvއަދި www.aid.govt.nz/funding-and-contracts/scholarships/eligible-countriesregionsއިން ލިބޭނެއެވެ. އަދި
  • ކޯހަށް ހުށަހަޅާ ފަރާތްތަކުން މާސްޓަރސް ޑިގްރީ ފުރިހަމަކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކުރާތާ 28 މެއި 2015 ގެ ނިޔަލަށް 2 އަހަރު ފުރިހަމަވެފައިވުން. އަދި
  • މި ފުރުޞަތުތަކަށް ކުރިމަތިލާ ފަރާތްތަކުން ނިއުޒިލެންޑް ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމުގައިވާ ޔުނިވަރސިޓީއަކުން ޕްލޭސްމަންޓެއް ހޯދުމަށްފަހު އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންވާނެއެވެ. (މިގޮތަށް ޕްލޭސްމަންޓެއް އޮތްނަމަވެސް ސްކޮލަރޝިޕް ލިބުނުކަމަކަށް ނުބެލެވޭނެއެވެ.)

ޝަރުޠު:

  • ކޯހަށްއެދި ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީސެޓްފިކެޓްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ. އަދި މާސްޓަރސް ޑިގްރީ ސެޓްފިކެޓް ނުލިބޭފަރާތްތަކުން ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ އެކެނޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެސެޓްފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • މި 2 ފުރުޞަތަށް އަންހެން އަދި ފިރިހެން ކެންޑިޑޭޓަކު ހުށަހެޅުމަކީ މިކޯސްދެއްވާ ފަރާތުގެ ވަރަށް ބޮޑު އެދިލެއްވުމެކެވެ. ވީމާ، ނޮމިނޭޝަން ހެދުމުގައި ލިބިފައިވާ ޕޮއިންޓަށް ބަލައިގެން މިގޮތަށް އަމަލުކުރެވޭނެއެވެ.
  • މިއީ ފެބުރުވަރީ 2016 ގެ އިންޓޭކްއަށް ހުޅުވާލެވޭ 2 ފުރުޞަތެވެ.
  • އެކެންޑިޑޭޓަކު މާސްޓަރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ އާންމުކޮށް މިޑިޕާޓްމަންޓުން ބަލާ ގްރޭޑިންގ ސްކީމާ ތަފާތުނަމަ، އެޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މިޑިޕާޓްމަންޓުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ.
  • މިޕްރޮގްރާމަށް ކެންޑިޑޭޓުން ނޮމިނޭޓްކުރެވޭނީ މެރިޓުން ބޭސިސް އަށެވެ.  މެރިޓަށްބަލައިގެން މިޑިޕާޓްމަންޓުން ޕޮއިންޓް ދޭގޮތުގެ ތަފުސީލު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv އިން ލިބެންހުންނާނެއެވެ.
  • މި ޑިޕާޓްމަންޓުން ނޮމިނޭޓްކުރާ 2 ކެންޑިޑޭޓުންވެސް އެހެން ޤައުމުތަކުގެ ކެންޑިޑޭޓުންނާއި ކޮމްޕީޓްކުރަންޖެހޭނެއެވެ. އަދި ފައިނަލް ސިލެކްޝަން ހައްދަވާނީ ނިއުޒިލަންޑްގެ މިސްކޮލަރޝިޕް ދެއްވާފަރާތުންނެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މި ގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލުކުރެވޭނެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމް ހާސިލުކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތް ކުރަން ބޮންޑްކުރެވޭނެއެވެ.
  • މި ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މި ސްކީމްގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށް ހުށަހެޅޭނީ 1 އެޕްލިކޭޝަން ފޯމެވެ. މިއަށްވުރެ އިތުރަށް ހުށަހަޅައިފިނަމަ، ހުށަހަޅާ ހުރިހާ އެޕްލިކޭޝަނެއް ބާޠިލުކުރެވޭނެއެވެ.
  • މިއިޢުލާންގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "މަތީތަޢުލީމާއި ތަމްރީނަށް ބައިލެޓްރަލް އެހީގެ ދަށުން ސަރުކާރަށް ލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުޠުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާންކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންއިން ޢަމަލު ކުރާނެ އުސޫލު" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
  • ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް މިޑިޕާޓްމަންޓުން ކެނޑިޑޭޓުން  ނޮމިނޭޓް ކުރެވުނުނަމަވެސް ސްކޮލަރޝިޕްދެއްވާފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރއެޑިއުކޭޝަނުން އެފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އިތުރު އެހެން ފުރުޞަތުތަކެއް އެދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ނިއުޒިލެންޑް ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި. އަދި މި ޑިޕާޓްމަންޓްގެ އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފަރމަކުން ތައްގަނޑުޖެހި އަސްލުއެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ. (އެޓެސްޓް ކުރަންވާނީ އިނގިރޭސި ބަހުންނެވެ.)
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރުހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • ސަރުކާރުގެ ނުވަތަ އަމިއްލަފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެމީހަކު މިކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  • ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީ ސްޓްފިކެޓްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓް ކޮށްފައިވާ ސެޓްފިކެޓަކަށް ވާންޖެހޭނެއެވެ. އަދި މާސްޓަރސް ޑިގްރީ ސެޓްފިކެޓް ނުލިބޭފަރާތްތަކުން ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ހަދާފައިވާ އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން. އަދި އެސެޓްފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • ކޯހަށް ހުށަހަޅާ ފަރާތްތަކުން މާސްޓަރސް ފުރިހަމަކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކުރާތާ 28 މެއި 2015 ގެ ނިޔަލަށް 2 އަހަރު ފުރިހަމަވެފައިވާކަމުގެ ރަސްމީ ލިޔެކިޔުން.

     ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 28 މެއި 2015(ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.

ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 15:00 އަށް ވެލާނާގޭ 8 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (http://www.dhe.gov.mv)  ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341373 ނަންބަރު ފޯނުން އިން ލިބިވަޑައިގަންނަވާނެއެވެ.

19 މާރިޗު 2015