ނޫސްބަޔާން
ނަންބަރު: -
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 17:56
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1436 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ހުއްދަ ދިނުމާބެހޭ

ނޫސް ބަޔާން

1436 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ހުއްދަ ދިނުމާބެހޭ

1436 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު، މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދަ، 134 ކޯޓާގެ މަގުން، 402  މީހުންގެ ކޯޓާ  3 ކުންފުންޏަކަށް މިހިނގާ މާރިޗު މަހުގެ 18 ވީ ބުދަ ދުވަހު މި މިނިސްޓްރީއިން ދޫކޮށްފީމެވެ. މި ހުއްދައިގެ ދަށުން ޙައްޖުގެ ހުއްދަ ދެވޭ ކުންފުނިން، މިހުއްދަ ލިބޭތާ 14 ދުވަހުގެ ތެރޭގައި ޙައްޖުގެ ކަންކަން އިންތިޒާމުކުރާ އޮފީހެއް ޤާއިމު ކުރަން ޖެހޭނެއެވެ. އެހެންކަމުން، މި އޮފީސް ޤާއިމު ކުރުމަށްފަހު މެނުވީ ޙައްޖަށް ގެންދިޔުމަށް އެއްވެސް ރައްޔިތަކު މިކުންފުނިތަކަށް ފައިސާ ދެއްކުމަކީ މަނާކަމެކެވެ. ވީމާ، ޙައްޖަށް ގެންދިޔުމަށްޓަކައި މި އަހަރު ހުއްދަ ދެވުނު ކުންފުނިތަކުން، ޙައްޖަށް ދިއުމަށްޓަކައި ޢާންމު ރައްޔިތުންގެ އަތުން ފައިސާ ބަލައިގަންނަންޖެހޭނީ 7 އޭޕްރީލް 2015 އާދީއްތަ ދުވަހުގެ 15:00 ގެ ފަހުންނެވެ. 

1436 ވަނަ އަހަރު ދިވެހިން ޙައްޖަށް ގެންދިޔުމަށް ކުންފުނިތަކުން ހުށަހަޅާފައިވާ އަގަކީ، -/69,969ރ (ފަސްދޮޅަސް ނުވަ ހާސް ނުވަ ސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ) އެވެ. އަދި ޙައްޖަށް ދާން އެދޭ ފަރާތުން ކުންފުންޏާ ދެމެދު ފައިސާގެ މުޢާމަލާތް ކުރަންވާނީ ދިވެހި ރުފިޔާ އިންނެވެ. އަދި ޙައްޖަށް ގެންދިޔުމަށް އެދި ފައިސާ ޖަމާކުރަން ވާނީ އެ ކުންފުންޏަކުން ޙައްޖުގެ ފައިސާ ޖަމާކުރުމަށް ޚާއްޞަކޮށްފައިވާ އެކައުންޓަށެވެ. އެއްވެސް ކުންފުންޏަކުން އެއްވެސް ރައްޔިތެއްގެ އަތުން ނަޤުދު ފައިސާ ނެގުމަކީ މަނާކަމެކެވެ. އަދި މި އެކައުންޓަށް ފައިސާ ޖަމާކުރަންވާނީ ޙައްޖަށް ދިޔުމަށް އެދި ހުށަހަޅަންޖެހޭ ޖަދުވަލު ކުންފުންޏަށް ހުށަހެޅުމުން، ކުންފުނިން އެ ފަރާތް ރަޖިސްޓްރީކުރުމަށްފަހު، ޙައްޖަށްދާން އެދޭ ފަރާތާއި ކުންފުންޏާ ދެމެދު ސޮއިކުރަންޖެހޭ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ގައެވެ. ޙައްޖަށް ގެންދިޔުމަށް އެދި ޙައްޖަށް ދިއުމަށް ދައްކަންޖެހޭ އަގު ޙައްޖަށް ގެންދިޔުމަށް ޚާއްޞަކޮށްފައިވާ، ކުންފުނީގެ ބޭންކް އެކައުންޓަށް ޖަމާކުރުމަށްފަހު އެކައުންޓަށް ފައިސާ ޖަމާކުރިކަން އަންގައިދޭ ސްލިޕް ކުންފުންޏާއި ޙަވާލުކުރުމުން، ކުންފުނީގެ ނަމުގައި ތައްޔާރުކުރެވިފައިވާ، ފައިސާ ދެއްކިކަމުގެ ރަސީދެއް ފައިސާ ދެއްކި ފަރާތުން ހޯދަންވާނެއެވެ.

މި ހިނގާ 1436 ވަނަ އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދެވިފައިވާ ކުންފުނިތަކާއި އެކުންފުނިތަކާއި ގުޅޭނެ ނަންބަރުތައް ތިރީގައި މިވަނީއެވެ.

#

ކުންފުނީގެ ނަން

ގުޅޭނެ ފޯނު ނަންބަރު

1

ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

7775454

2

މިނާ ޙައްޖު ޢުމްރާ ޕްރައިވެޓް ލިމިޓެޑް

7777411

3

ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

9959997،9942643

 

މި އަހަރު ހުއްދަ ދެވިފައިވާ ކޮންމެ ކުންފުންޏަކަށް ދެވިފައިވަނީ 134 ކޯޓާއެވެ. ޙައްޖަށް ދިއުމަށް އެދޭ ފަރާތަށް ކިޔު ތަރުތީބު ކުރެވޭނީ ކޯޓާ ނަންބަރުން ކަމަށް ވާތީ، ޙައްޖަށް ދާން އެދޭ ފަރާތަށް ލިބިފައިވާ އަދަދު ޗެކު ކޮށް، ފައިސާ ނެގުމުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، މި މިނިސްޓްރީ ހުށަހެޅުމަކީ ޙައްޖަށްދާން އެދޭ ފަރާތުގެ ޒިންމާއެކެވެ.

ވީމާ، މިކަންކަމުގެ އިތުރުން، ޙައްޖަށް ދިޔުމާ ގުޅިފައިވާ އެންމެހައި ކަންކަމުގައި ވެސް، 1436 ވަނަ އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ބެހޭ އުސޫލުގައި ބަޔާންކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށް ޢާންމުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

28 ޖުމާދަލްއޫލާ 1436

19 މާރިޗު 2015