ދިވެހިރާއްޖެ
މި ސްކޫލްގެ ނަމްބަރ (IUL)GS-120/GS-120/2023/20 2024 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ އައުޓްސޯސް ކޮށް ބަލަހައްޓަވައި ދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ މި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް 02 ވަނަ ފަހަރަށް ފުރުސަތު ހުޅުވައިލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 13 ޑިސެމްބަރ 2023 އިން 17 ޑިސެމްބަރ 2023 ގެ 13:00 ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރުމަށް ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ. ނުވަތަ ގޫގްލް ފޯމް ލިންކު މެދުވެރިކޮށް ރަޖސްޓްރީވެލައްވާ https://shorturl.at/nxLO9
1- މައުލޫމާތު ސާފުކުރާ ފަރާތުގެ ނަން:
2- ރަޖިސްޓްރީ ނަމްބަރ:
3- އީމެއިލް އެޑްރެސް:
4- ގުޅޭނެ މޯބައިލް ނަމްބަރ:
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ޑިސެމްބަރ 2023 ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 19 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 10:45 ގައި ރަސްމާދޫ ސްކޫލްގެ އެސް. އެމްއެމް. ޓީ ރޫމްގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 25 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:45 ގައި ރަސްމާދޫ ސްކޫލްގެ އެސް. އެމްއެމް. ޓީ ރޫމްގައެވެ.
- މިމަސައްކަތާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- · ރަސްމާދޫ ސްކޫލް، ރ.ރަސްމާދޫ
- ފޯން: 6580330
- އީ-މެއިލް: [email protected]
29 ޖުމާދަލްއޫލާ 1445