ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ މަގާއި ގޯޅިއަށްވާގޮތަށް ގޭބިސީތަކުގެ އިމުން ބޭރަށް ނުކުމެފައިވާ ގަސްގަހުގެ އަފިތަކާއި ރުއްރުކުގެ ފަންތައް ކަނޑާ ސާފުކުރުމަށް ދަންނަވަމެވެ. އެގޮތުން، ގޭބިސީތަކުގެ އިމުންބޭރަށް ގަސްގަހުގެ އަފިތަކާއި ފަންތައް ނުކުމެފައިހުރުމުގެ ސަބަބުން، މަގުގައި ދުއްވާ އުޅަނދުތަކާއި، ޕިކަޕްތަކާއި، ލޮރީ އަދި ސްކޫލް ބަސްފަދަ އުޅަނދުތައް ދުއްވުމަށް އުދަނގޫވެ ބައެއް ޙާލަތްތަކުގައި އެތަކެއްޗަށް ގެއްލުން ލިބޭފަހަރުވެސް އެބަ އާދެއެވެ.
އެހެންކަމުން، ގޭބިސީތަކުގެ އިމުންބޭރަށް 10 ފޫޓު ތިރިއަށް ފައިބާފައި ހުރި ގަސްގަހުގެ އަފިތަކާއި ރުކުފަންތައް 10 ދުވަސް ތެރޭގައި ކޮށާ ސާފުކުރުމަށް ދަންނަވަމެވެ. މި ދެންނެވުނު މުއްދަތުތެރޭގައި މިގޮތަށް ޢަމަލު ނުކޮށްފިނަމަ ޢާންމު އުނދަގުލާބެހޭ ޤަވާއިދު ނަންބަރ: 2019/R-362 އާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތަށް ފޮނުވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
29 ޖުމާދަލްއޫލާ 1445
13 ޑިސެންބަރު 2023