ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ދޮރު މިހާރު ވަނީ ހުޅުވައިލައިފައެވެ. އެހެން އަހަރުތަކާ ތަފާތުކޮށް މިއަހަރު މި ދެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަތުން ނޫނީ ކޮމްޕިއުޓަރުން ލިޔެގެން އެކެޑަމީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށަހަޅާ ގޮތަށެވެ.
މި ދެ މުބާރާތް ބެހިފައިވަނީ ތިރީގައި މިވާ ހަތަރު ބަޔަށެވެ.
- އިސްކޫލުތަކުގެ ބައި
- މަތީ ތަޢުލީމުގެ ބައި (ޔުނިވަރސިޓީ / ކޮލެޖުތަކުގެ ބައި)
- އޮފީސް / ކުލަބް/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި
- އަމިއްލަ ފަރާތްތަކުގެ ބައި
މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތް
މުބާރާތުގައި މަޒުމޫނު ލިޔާނީ މި އެކެޑަމީން ކަނޑައަޅައިފައިވާ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއަކަށް އެ ބައިވެރިއަކު ބޭނުން މައުޟޫޢެއްގެ މައްޗަށެވެ.
(1) މަޒުމޫނު ލިޔުމުގެ މުބާރާތުގައި އިސްކޫލުތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭނީ 3 އުމުރުފުރައެއްގައެވެ. އެއީ:
(ހ) 13 އަހަރުން ދަށުގެ އުމުރުފުރާ
(ށ) 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ
(ނ) 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާ
(2) މަޒުމޫނު ލިޔުމުގެ މުބާރާތުގައި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނީ 2 އުމުރުފުރައެއްގައެވެ. އެއީ:
(ހ) 18 އަހަރުން ދަށުގެ އުމުރުފުރާ
(ށ) 18 އަހަރުން މަތީގެ އުމުރުފުރާ
ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތް
ވާހަކަ ލިޔާނީ އެކެޑަމީން ކަނޑައަޅައިފައިވާ ތީމުތަކުގެ ތެރެއިން އެ ބައިވެރިއަކު އިޙުތިޔާރުކުރާ ތީމެއްގެ މައްޗަށެވެ. ވާހަކައަށް ނަމެއް ދޭންވާނެއެވެ.
(1) ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އިސްކޫލުތަކުގެ ދަރިވަރުންނަށް 2 އުމުރުފުރައެއްގައެވެ. އެއީ:
(ހ) 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ
(ށ) 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާ
(2) ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނީ 2 އުމުރުފުރައެއްގައެވެ. އެއީ:
(ހ) 18 އަހަރުން ދަށުގެ އުމުރުފުރާ
(ށ) 18 އަހަރުން މަތީގެ އުމުރުފުރާ
މި ދެ މުބާރާތުގައި ބައިވެރިވުން
(1) މި ދެ މުބާރާތުންކުރެ ކޮންމެ މުބާރާތެއްގައި ވެސް އިސްކޫލުތަކުގެ ބައިގައި ބައިވެރިވެވޭނީ ކޮންމެ އުމުރުފުރައެއްގައި 7 ދަރިވަރުންނަށެވެ. މަދުވެގެން 5 ދަރިވަރުން ބައިވެރިވާންވާނެއެވެ.
(2) ކޮލެޖް/ ޔުނިވަރސިޓީތަކާއި، ކުލަބް/ ޖަމުޢިއްޔާ/ ޖަމާޢަތްތަކާއި ކުންފުނިތަކާއި އޮފީސްތަކުން މި ދެ މުބާރާތުންކުރެ ކޮންމެ މުބާރާތެއްގައިވެސް ބައިވެރިވެވޭނީ 5 ބައިވެރިންނަށެވެ. މަދުވެގެން 3 ބައިވެރިން، ބައިވެރިވާންވާނެއެވެ.
(3) މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ވާހަކައާއި މަޒުމޫނު ހުށަހަޅަންވާނެއެވެ. ފޯމު ހުށަހަޅާއިރު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ނުވަތަ ޑްރައިވިންގ ލައިސަންސުގެ ނަކަލު ހުށަހަޅަންވާނެއެވެ.
(4) މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމާއި ވާހަކައާއި މަޒުމޫނު ހުށަހަޅާނެގޮތް
(ހ) ކަރުދާހުން ހުށަހަޅާ ނަމަ، ހުށަހަޅާނީ ދިވެހިބަހުގެ އެކެޑަމީގެ ކައުންޓަރަށެވެ.
(ށ) އޮންލައިންކޮށް ހުށަހަޅާނަމަ ހުށަހަޅާނީ ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓު www.dhivehiacademy.edu.mv ގައި އެކަމަށް ޚާއްޞަކޮށްފައިވާ ފުރަމާރަ/ޕޯޓަލް މެދުވެރިކޮށެވެ.
މުބާރާތަށް ތަކެތި ހުށަހެޅުމުގެ ސުންގަޑި
(1) ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގެ ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2015 އޭޕްރީލް 29 ވާ ބުދަދުވަހުގެ 14:30 އެވެ.
(2) މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގެ ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2015 މެއި 3 ވާ އާދީއްތަދުވަހުގެ 14:30 އެވެ.
މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމާއި، ގަވާއިދާއި މުބާރާތާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީގެ ކައުންޓަރުންނާއި ވެބްސައިޓުން (www.dhivehiacademy.edu.mv) މިހާރު ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދަން މި އެކެޑަމީގެ ނަންބަރު 3330586 ނުވަތަ 3330584 ނުވަތަ 7772816 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
24 ޖުމާދަލްއޫލާ 1436