މަސައްކަތް
ނަންބަރު: (4)DS/2023/10
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 19 ޑިސެންބަރު 2023 10:00
ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ ކުޑަދޮރުތަކުގައި އަމިއްލަ ތަކެތީގައި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް ކާޓެއިންސް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

 

އަންދާސީ ހިސާބު ބޭނުންވެއްޖެ.

 

               މިސްކޫލްގެ ކުޑަދޮރުތަކުގައި އަމިއްލަ ތަކެތީގައި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް ކާޓެއިންސް ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

               ވީމާ، މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ޑިސެމްބަރު 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މި ސްކޫލް ގެ އިޢުލާނާ އެކު އެޓޭޗް ކުރެވިފައިވާ ބިޑް ރެޖިސްޓރޭޝަން ފޯމް ފުރުމަށްފަހު މި ސްކޫލްގެ މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. އަދި 19 ޑިސެމްބަރު 2023 ވާ އަންގާރަ ދުވަހުގެ 10:15 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 27 ޑިސެމްބަރު 2023 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

    

               މިކަމަށް އެދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި އަންދާސީހިސާބު ހުށައަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

13 ޑިސެންބަރު 2023