ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-DMADD/438/2023/541
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 04 ޖަނަވަރީ 2024 10:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު - އިންޓާރނަލް އޮޑިޓަރ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު

އިންޓާރނަލް އޮޑިޓަރ

ދިވެހިރާއްޖެ،

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން ޕްރޮޖެކްޓް،

ގްރާންޓް ނަންބަރު : P177040

މަސައްކަތުގެ ބާވަތް: އިންޓާރނަލް އޮޑިޓަރ

ރިފަރެންސް ނަންބަރު: MV-MOECCT-DMADD-392086-CS-INDV

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން ޕްރޮޖެކްޓަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ އިންޓާރނަލް އޮޑިޓަރެއް ހޯދުމަށް ބޭނުންވެއެވެ.

މި ޕްރޮޖެކްޓްގެ އިންޓާރނަލް އޮޑިޓަރަށް ހޮވޭ ފަރާތް މަސައްކަތް ކުރާނީ ޕްރޮޖެކްޓަށް ބޭނުންވާ އިންޓާރނަލް ކޮންޓްރޯލްސް ތަކާއި ޕްރޮޓޮކޯލްސްތަކާއި ޗެކްތައް ރަގަނގަޅަށް ބަލަހައްޓާފައި ވޭތޯ، އަދި ޕްރޮޖެކްޓުން ހަރަދުކޮށްފައި ވަނީ ކަނޑައެޅިފައިވާ އުސޫލްތަކާ އެއްގޮތައްތޯ ބެލުމަށެވެ.

މި މިނިސްޓްރީގެ ފަރާތުން މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ތައުލީމީ ފެންވަރާއި ތަޖުރިބާގެ ޝަރުތުތަކަކީ:

  • ޗާޓަރޑް އެކައުންޓަންޓް ނުވަތަ ސެޓިފައިޑް އިންޓާރނަލް އޮޑިޓަރަކަށް ވުން
  • މަދުވެގެން ފަސް (5) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އިންޓާރަނަލް އޮޑިޓް ކުރުމުގެ ދާއިރާއިން މަދުވެގެން ދެ (2) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވުން
  • ޑޯނާރަ ފަންޑުން ހިންގާ ޕްރޮޖެކްޓްތަކުގެ އިންޓާނަލް އޮޑިޓިންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ

މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޮވާނީ "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސްގެ ފަސްވަނަ އެޑިޝަން، ސެޕްޓެންބަރު 2023" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

މި ކޮންސަލްޓެންސީއާއި ގުޅޭ އިތުރު މަޢުލޫމާތު މި ދަޢުވަތާ އެކީގައި ޝާއިޢު ކުރެވިފައިވާ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބް ސައިޓްއިން  www.environment.gov.mv ލިބެން ހުންނާނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން ޖަނަވަރީ 4، 2024 ވަނަ ދުވަހު ގަޑިން 10:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

 

ޕްރޮޖެކްޓް މެނޭޖަރ

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން ޕްރޮޖެކްޓް،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،

ކަލާފާނުހިނގުން، މާލެ 20064، ދިވެހިރާއްޖެ.

[email protected]އީމެއިލް:

ވެބްސައިޓް: www.environment.gov.mv

ފޯނު ނަންބަރ: +(960)330-2253

13 ޑިސެންބަރު 2023