ޢާންމު މަޢުލޫމާތު
ނަންބަރު: 182-MTG/2014/08
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 17:37
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ޑޮކްޓަރީ ބޭސް އެތެރެކުރުމާ ބެހޭ

މިއޮތޯރިޓީގެ ނަންބަރު MTG/2014/01-ފ182 (16 ނޮވެންބަރު 2014) ގެ ސާކިއުލަރއާއި MTG/2014/20-ފ182 (29 އޮކްޓޫބަރު 2014) ގެ އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

20 ޖަނަވަރީ 2015 އިން ފެށިގެން ބޭހާބެހޭ ގަވާއިދު (ނަންބަރު 2014/R-46) އަށް ޢަމަލުކުރަން ފެށުމުން މި ގަވާއިދުގެ 6.10 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް ޑޮކްޓަރީބޭސް އެތެރެކުރެވޭނީ މި އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ގުދަނެއް، މިއޮތޯރިޓީގައި ރަޖިސްޓަރީ ކުރެވިގެންނެވެ.  

މިއޮތޯރިޓީގައި ރަޖިސްޓަރީކުރެވި ބޭސްއެތެރެކުރުމުގެ ހުއްދަދެވިފައިވާ ފާރމަސީތަކަށް އަދި މިގަވާއިދަށް ނުފެތޭ ގުދަންތަކަށް ދޫކޮށްފައިވާ ބޭސް އިމްޕޯޓް ކުރުމުގެ ހުއްދަ މިގަވާއިދު ތަންފީޒުވުމުން ބާޠިލުވާނެ ކަމުގައި ދަންނަވަމެވެ. ނަމަވެސް އަދިވެސް ބައެއް ފާރމަސީތަކުން ރާއްޖެއަށް ޑޮކްޓަރީ ބޭސް އެތެރެކުރަމުންދާތީ، މިކަން ނުކުރުމަށް ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

ވީމާ، ބޭސް ގުދަނެއް ރަޖިސްޓަރީ ކޮށްފައިނުވާ ފަރާތްތަކުން އެތެރެކުރާ ބޭސް މިއޮތޯރިޓީގެ ޕޯޓް ކޮންޓްރޯލް ޔުނިޓުން ހިފަހައްޓަމުން ގެންދާނެ ކަމުގައިވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިއޮތޯރިޓީގެ ނަންބަރު 3014316 ފޯނާ ގުޅުއްވުން އެދެމެވެ.

26 ޖުމާދަލްއޫލާ 1436

17 މާރިޗު 2015