ކުއްޔަށް ދިނުން
ނަންބަރު: (IUL)382-ESMS/382/2023/60
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި:
19 ޑިސެންބަރު 2023 14:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ބުރުނީ ބަނދަރުގެ އިރުމަތީ ސަރަހައްދުން ކުރީގެ ބައު ޞިއްޙީމަރުކަޒާއި އިންވެގެން ދެކުނުން އޮތް ހުސްބިމާއި، ނާޒުއައްސޭރި ގެއާއި އިންވެގެން ދެކުނުން އޮތް ހުސްބިމާއި، މަސްޖިދު ބުރުނި މިސްކިތުގެ ހުޅަނގުން އޮތް ހުސްބިމުގެ ތެރެއިން ކޮންމެ ސަރަހައްދަކުން 2000 އަކަފޫޓްގެ ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިއްމަވާފައިވާތީ،މިދެންނެވި ސަރަހައްދުތަކުގައި ކެފޭ / ރެސްޓޯރަންޓް ޤާއިމްކޮށް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނަށް ބީލަން / ޕްރޮޕޯސަލް ހުށަހެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު 19/2014 ( ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 18/2014 ) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިއެވެ.
ނަންނޯޓްކުރުން / ރަޖިސްޓްރޭޝަން
|
- މިބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ ( ފައްސަތޭކަ ރުފިޔާ ) ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 11 ޑިސެންބަރު 2023 އިން 19 ޑިސެންބަރު 2023 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މިއިދާރާގެ ނަންބަރު 7725700329001 އެކައުންޓަށް ޓްރާންސްފަރކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.
- ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.
- ބިންނަންބަރު MC001 ޚާއްސަކުރެވިފައިވަނީ ކެފޭ / ރެސްޓޯރަންޓް ވިޔަފާރިއަށެވެ.
|
ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފްކުރުން
|
- މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވެ ލައްވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 17 ޑިސެންބަރު 2023 ވާ އާދިއްތަ ދުވަހުގެ 13:30 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
- ބިޑު / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މިބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
- މަޢުލޫމާތު ސާފްކުރުމަށް ޙާޟިރުނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
- މި ބިޑާގުޅޭ އެންމެހައި ލިޔެކިއުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިދާރާއިން 12 ޑިސެންބަރު 2023 ފެށިގެން ލިބެންހުންނާނެއެވެ. އަދި ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިބިޑާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ 19 ޑިސެންބަރު 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެކުރިން ތިރީގައިވާ އީ މެއިލް އެޑްރެހަށެވެ.
- ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު ( ފުރިހަމަ ނަމާއި، އައިޑީކާޑުނަންބަރު ، ގުޅޭނެ ފޯނުނަންބަރު ) އިނގޭނެގޮތަށް ސިޓީއެއް ގެންނަންވާނެއެވެ.
|
ބިޑު ( އަންދާސީ ހިސާބު ) ހުށަހެޅުން
|
- ބިޑު / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 20 ޑިސެންބަރު 2023 ވާ ބުދަ ދުވަހުގެ 13:30 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑު / ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ބިޑްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑުހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
- ކޮޅުމަޑުލު ބުރުނީ ބަނދަރު ސަހަރައްދުން ބިންދޫކުރުމުގައި އަކަފޫޓަކަށް ޖެހޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 0.58ރ ( ފަންސާސް އަށްލާރި ) އެވެ.
|
އިތުރު މަޢުލޫމާތު
|
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބުރުނީ ކައުންސިލްގެ އިދާރާ
ރޯޝަނީމަގު / ތ. ބުރުނި
ފޯން: +9606780038
އީމެއިލް: [email protected]
|
މިހެންވެ، މިކަން އެންގުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.