ނީލަން
ނަންބަރު: MNU-CA-NL/2023/5
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 08:04
ސުންގަޑި: 20 ޑިސެންބަރު 2023 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން ފަޅުމަތީ މަގުގައި ހުންނަ މި އޮފީހުގެ އީބްލޮކް (ފެކަލްޓީއޮފް ހޮސްޕިޓަރލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް/ ގުރައުންޑް ފުލޯގައި 2023 ޑިސެމްބަރ 6 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ.
  2. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  3. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2023 ޑިސެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ފަޅުމަތީ މަގުގައި ހުންނަ މި އޮފީހުގެ އީބްލޮކް (ފެކަލްޓީއޮފް ހޮސްޕިޓަރލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް/ ގުރައުންޑް ފުލޯ) އަށް ޙާޟިރުވުން އެދެމެވެ.
  4. ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2023 ޑިިސެމްބަރ 20 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް އީ ބްލޮކަށް (ފެކަލްޓީއޮފް ހޮސްޕިޓަރލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް/ ގުރައުންޑް ފުލޯ) ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
  5. ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
  6. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛

ފެސިލިޓީސް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345134

އީ-މެއިލް: [email protected]

12 ޑިސެންބަރު 2023