ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2023/131
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 16:30
ސުންގަޑި: 31 ޑިސެންބަރު 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޭޗަރ ބޭސްޑް ރިކްރިއޭޝަނަލް ފެސިލިޓީ ޤާއިމް ކުރުމަށް ކުރެވުނު އިޢުލާނަށް ބަދަލު ގެނައުމާއި ގުޅޭ

ނ. ކެނދިކުޅުދު ކައުންސިލާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންޑް އެންވަޔަރަމަންޓް އެންޑް އެނަރޖީ ގުޅިގެން ނ. ކެނދިކުޅުދޫގައި ޤާއިމުކުރާ ނޭޗަރ ބޭސްޑް ރިކްރިއޭޝަނަލް ފެސިލިޓީއަށް ތަކެތި ގަތުމަށް 09 ނޮވެންބަރު 2023 ގައި މިކައުންސިލުން ކޮށްފައިވާ އިޢުލާން (ނަންބަރު: (IUL)286-MP/286/2023/110) އާއި ހަވާލާދީ ދަންނަވަމެވެ.

ނޭޗަރ ބޭސްޑް ރިކްރިއޭޝަނަލް ފެސިލިޓީ އަށް ބޭނުންވާ ތަކެތި ގަތުމަށް ކުރެވުނު އިޢުލާނާއި އެކު އެއްހީރާސް ކުރެވިފައިވާ އިންފޮމޭޝަން ޝީޓުގައިވާ، މަޑްރިމޫވަލް ޕަމްޕް އުނިކުރި ވާހަކަ ދަންނަވަމެވެ.  އެހެންކަމުން 09 ނޮވެންބަރު 2023 ގައި ކުރެވުނު އިޢުލާނާއި ގުޅިގެން ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން ބިޑް ހުށުހަޅަން ވާނީ މަޑްރިމޫވަލް ޕަމްޕް އުނިކުރުމަށްފަހުގައެވެ. މި އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅުމުގެ ސުންގަޑި އަށް ބަދަލު ގެނެވި ސުންގަޑި އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިއިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކުން ކެނދިކުޅުދޫ ކައުންސިލަށް ވަޑައިގަންނަވާ ބިޑް ހުށަހެޅުން އެދެމެވެ. އޮންލައިންކޮށް ބިޑް ހުށަހެޅުމުގެ ފުރުސަތު ނެތް ވާހަކަވެސް ދަންނަވަމެވެ.

ބިޑް ހުށަހެޅުމުގެ ސުންގަޑި: 31 ޑިސެންބަރު 2023 ވާ އާދިއްތަ ދުވަހު 13:00

ވީމާ، ބިޑް ހުށަހެޅުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކުން، މި އިޢުލާނާއިއެކު ގެނެވިފައިވާ ބަދަލުތަކަށް އަމަލު ކުރުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

28 ޖުމާދަލްއޫލާ 1445

12 ޑިސެންބަރު 2023

12 ޑިސެންބަރު 2023