ދިވެހިރާއްޖެ
ހއ. ހޯރަފުށީ އުތުރު ފަރާތު ބީޗް ސަރަޙައްދުގެ ހޭޅީގައި ހައްދާފައިވާ ރުއްގަނޑު ވަރުވާއަށް ލިޔެ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އެދި ކުރި މިކައުންސިލްގެ ނަންބަރު: (IUL)247-CA/247/2023/142 އިޢުލާނުގައި މަޢުލޫމާތު ސާފު ކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށް އެކަން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަގު ފޯމު ހުށަހެޅުމަށް ދީފައިވާ ސުންގަޑީގެ ކުރިން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6500012/6500026 އަށް ގުޅުއްވައިގެން އެ މަޢުލޫމާތެއް ސާފުކުރެއްވުމަށްފަހު، ވަރުވާއަށް ރުއްގަނޑު ނަގަން ބޭނުންވާ އަގު ބަޔާންކޮށް އަގު ފޯމު ހުށަހެޅުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
އަގު ހުށަހަޅާ ފޯމު ހުށަހެޅުމުގެ ސުންގަޑި |
14 ޑިސެންބަރު 2023 |
ބުރާސްފަތި |
11:00 |
އަގު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، މިކަމަށް އެދޭ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގެން އޮންނަންވާނެއެވެ. މީގެ އިތުރުން އަގުހުށަހަޅާ ފޯމާއެކު، އަގު ހުށަހަޅާފަރާތުގެ އައިޑީކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއް ނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މި އިޢުލާނާއެކު މަޢުލާމާތު ކަރުދާސް އަދި އަގުހުށަހަޅާ ފޯމު އެޓޭޗް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
28 ޖުމާދަލްއޫލާ 1445