ދިވެހިރާއްޖެ
އިޢުލާން ނަންބަރު:134-PROC/I/2023/90
އިޢުލާން
12 ޑިސެމްބަރ 2023
މިފްކޯ ހެޑް އޮފީހާއި މިފްކޯ މަސްފިހާރައިގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ދެވޭ ދަޢުވަތު
މިފްކޯ އޮފީސް ހިނގަމުންދާ، މިފްކޯ ގޯތި (389ނަންބަރު ކޮށި) އަދި މިގޯތީގައި ހެދިފައިވާ މިފްކޯ އޮފީހުގެ ގޯތިތެރޭގައި ހިމެނޭ ގުދަން، މިފްކޯ މަސްފިހާރަ 1 އަދި އެކޮމޮޑޭޝަން ބްލޮކް،ގޯތިތެރޭގެ ސެކިއުރިޓީ ބަލަހައްޓާނެ ބަޔަކު ހޯދުމަށް އަގު ހުށަހެޅުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ.
ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް |
ތާރީޙް |
ވަގުތު |
|
ބިޑް ހުޅުވާބައްދަލުވުމުގައި ބައިވެރިވުމަށްރަޖިސްޓްރީ ކުރުން |
އީމެއިލް މެދުވެރިކޮށް |
24 ޑިސެމްބަރ 2023 |
މެންދުރު 13:00ގެ ކުރިން |
މަޢުލޫމާތު ކަރުދާސް |
އެޓޭޗްކުރެވިފައި |
||
އަންދާސީ ހިސާބު ހުށަހެޅުން |
އީމެއިލް މެދުވެރިކޮށް |
24 ޑިސެމްބަރ 2023 |
މެންދުރު 02:30ގެ ކުރިން |
ބިޑް ހުޅުވުން |
މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް |
24 ޑިސެމްބަރ 2023 |
މެންދުރުފަހު 02:35ގައި
|
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
- އިޢުލާން ނަންބަރު
- ކުންފުނީގެ ނަން
- ނަމާއި ފޯނު ނަންބަރު
ނޯޓް: ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި [email protected] އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.