ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 216-MPAO/I/2015/24
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 16:35
ސުންގަޑި: 29 މާރިޗު 2015 13:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ތަކެތި ގަތުމަށް.

މި އޮފީހުގެ ނަންބަރު 216MPAO/I/2015/20ފ(05 މާރިޗު 2015) އިން ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީގެ ދަށުން މިނިސްޓްރީ އޮފް ހެލްތުގެ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަށް ގަންނަން އިޢުލާނު ކޮށްފައިވާ ތަކެތީގެ ތެރެއިން ތިރީގައި މިވާ ތަކެއްޗަށް އެކަށީގެންވާ ތަރުޙީބު ނުލިބުމުގެ ސަބަބުން މިތަކެތި ގަތުމަށް އަލުން އިޢުލާނު ކުރަމެވެ.

އަދަދު

އައިޓަމް

1

NAS backup device + installation and configuration

1

Unmanaged 10 gigabit network switch

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މާރިޗު 2015 (އަންގާރަ) ދުވަހުގެ 14:00 އަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 މާރިޗު 2015 (އާދީއްތަ) ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި، ވަގުތުގެ ފަހުން އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޕްރޮޖެކްޓް މެނޭޖްމަންޓު ޔުނިޓް

އަމީނީމަގު، 20379

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3309908

ފެކްސް ނަންބަރު: 3307759

19 މާރިޗު 2015