ބީލަން
ނަންބަރު: (IUL)386/386/2023/73
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 07 ޖަނަވަރީ 2024 10:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ގުރައިދޫ ބަނދަރުގައި މަސްކަނޑާ ތަނެއް ހެދުން

     އިޢުލާން ނަންބަރު:  (IUL)386/386/2023/73   

      ޕްރޮޖެކްޓް ނަންބަރު: 10/2023  

 

އިޢުލާން

ތ.ގުރައިދޫ ބަނދަރުގައި މަސްކަނޑާ ތަނެއް ހެދުން

ތ. ގުރައިދޫ ބަނދަރުގައި މަސްކަނޑާ ތަނެއް ހެދުމަށް އެދި މި ކައުންސިލްގެ ނަންބަރު (IUL)386/386/2023/64 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލްކޮށް މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިކަން ކޮށްދިނުމަށް ޝަޢުޤްވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

              ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

              މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 21 ޑިސެންބަރު 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގައި ރަޖިސްޓްރީ ކުރައްވަން ވާނެއެވެ.

              ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 25 ޑިސެންބަރު 2023 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަންގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 25 ޑިސެންބަރު 2023 ވަނަދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އެޑްރެސް: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން: 6780715

އީމެއިލް އައިޑީ:   [email protected]

ބީލަން ހުޅުވުން އޮންނާނީ  07 ޖަނަވަރީ 2024 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަންގައެވެ. ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

             28 ޖުމާދަލްއޫލާ 1445

12 ޑިސެންބަރު 2023

12 ޑިސެންބަރު 2023