ނީލަން
ނަންބަރު: (IUL)426-CA/426/2023/537
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 23 ޑިސެންބަރު 2023 10:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ކައުންސިލް އިދާރާ އާއި ނޭޗަރ ޕާރކުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާއި ގުޅޭ ( ތިންވަނަ އިޢުލާން)

އިޢުލާން

 

ކައުންސިލް އިދާރާ އާއި ނޭޗަރ ޕާރކުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާއި ގުޅޭ ( ތިންވަނަ އިޢުލާން)

ކައުންސިލް އިދާރާ އާއި ނޭޗަރ ޕާކުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ކުރެވުނު ދެ އިޢުލާނުން ނުވިކިހުރި ތަކެތި ފަށާ އަގަށް ބަދަލު ގެނެސްގެން ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.

 

ނީލަމުގެ ތަފްޞީލް

ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި :  23 ޑިސެމްބަރ 2023 ވާ ހޮނިހިރު ދުވަހު  10:00 ގައި

ނީލަން ކިޔަން ހަމަޖެހިފައިވާތަން :  އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ގޯތިތެރެ

ނީލަމުގެ ތަކެތި ދައްކާލުން:     21 ޑިސެމްބަރ ( 8:00 އިން 13:00 އަށް)

ނީލަން ކިއުމަށް ހަމަޖެހިފައިވާ އުޞޫލު ދުވަހު ނީލަމުގައި – ލޮޓްތަކަށް ބަހާލައިގެން

 

 

 

 

 



މި އިޢުލާނާއިއެކު ނީލަމު ގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައި ވާނެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ދުވަހުގައި ކައުންސިލް އިދާރާއަށް ވަޑައިގަތުމުން، ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ވަނީ ލޮޓުތަކަކަށް ބަހާލެވިފައެވެ. ނީލަން ކިޔޭނީ މިއިން ކޮންމެ ލޮޓެއް އެއްކޮށެވެ. ނީލަމުގައި ބައިވެރިވެ، ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން 03 ދުވަހުގެ ތެރޭގައި ކައުންސިލް އިދާރާއަށް ފައިސާ ދެއްކުމަށްފަހު، ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ހުންނަ ތަކެތި  ދެވަނަ  ފަހަރަށް ނީލަމަށް ލެވޭނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 2023 ޑިސެމްބަރ 23 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި، ނީލަމުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަން ޢާންމު ކޮށް އަންގާ އިޢުލާން ކުރަމަވެ.

27  ޖުމާދަލްޢޫލާ 1445

11  ޑިސެމްބަރ 2023

12 ޑިސެންބަރު 2023