ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: FSM-ADV-2015/021
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 16:26
ސުންގަޑި: 25 މާރިޗު 2015 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ވެލްޑިންގ ޕްލާންޓް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް.

އަންދާސީހިސާބު ބޭނުންވެއްޖެ

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ތިލަފުށީ ސައިޓްގައި ބޭނުން ކުރުމަށް، ތިރީގައިވާ ސްޕެސިފިކޭޝަންގެ 12 ވެލްޑިންގ ޕްލާންޓް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

Specifications

Item Name

Welding Plant   

Input rating

415V AC 50-60its, Two Phase

Output rating

320A at 33V ,120A at 25V

Open circuit

volts 54-76

ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި

  • ތަކެތި ފޯރުކޮށްދެވޭނެ އަގު (ކޯޓޭޝަން)
  • ސަޕްލައި ކޮށްދެވޭނެ މުއްދަތު
  • ޓެކްނިކަލް ސްޕެސިފިކޭޝަން
  • ކަންޓްރީ އޮފް އޮރިޖިން އެނގޭނޭ ލިޔުމެއް
  • ހުށަހަޅާފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، ޖީއެސްޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަމާއި މަޤާމާއި ފޯނު ނަންބަރު)
  • ތަޖުރިބާގެ ލިޔުމެއްވާނަމަ ލިޔުން (ލިޔުމަކީ މިފަދަ ކަމަކާ ގުޅިފައިވާ ކަމެއްކަމުގައި ވާންވާނެއެވެ.)

ބިޑް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

  • އަގަށް: 75 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގަށް 75 ޕޮއިންޓް)
  • މުއްދަތު: 15 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތަށް 15 ޕޮއިންޓް)
  • ތަޖުރިބާއަށް 05 ޕޮއިންޓް (ތަޖުރިބާއަށް މާކްސް ދެވޭނީ މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތްކުރިކަމުގެ ލިޔުމަށް ބަލާފައެވެ.)
  • ބިޑުގެ ފުރިހަމަކަން: 05 ޕޮއިންޓް (ހުށަހަޅަން އިޢުލާނުގައި ބަޔާން ކޮށްފައިވާ އެންމެހައި މަޢުލޫމާތުތައް ފުރިހަމައަށް ހުށަހެޅުން)

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 މާރިޗު 2015 ވާ ބުދަ ދުވަހުގެ 14:00 އަށް އެސް.ޓީ.އޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް ލިބިގެންވެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331453 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

18 މާރިޗު 2015