ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިކުންފުންޏަށް "NAS Backup Solution with failover" އެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 31 މާރިޗު 2015ވާ އަންގާރަ ދުވަހުގެ 13:00އަށް މިކުންފުނީގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9191818 ނަންބަރު ފޯނާއެވެ.
ބިޑް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކަށް ދެވޭނެ ޕޮއިންޓް
ތަކެތީގެ އަގު: %40
މުއްދަތު: %20 (މުއްދަތު ބަލާނީ ބަންދު ދުވަސްތައް ހިމަނައިގެން)
ވޮރެންޓީ: %20 (ހުށަހަޅާ އެންމެ ދިގު މުއްދަތަށް)
ކޮމްޕެނީ ޕްރޮފައިލް ހުށަހެޅުން (ހުށަހަޅާ ފަރާތުގެ ވަނަވަރު، ކޮމްޕެނީއެއް ނަމަ، ކޮމްޕެނީގެ ރަޖިސްޓަރީގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މި މަސައްކަތާ ގުޅުންހުރި މަދުވެގެން 03 ރެފަރެންސް ހުށަހެޅުން.
ނޯޓް:
މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. އަދި މިނޫންވެސް ސަބަބެއް ދިމާވެގެން ބިޑް ބާޠިލުކުރަން ޖެހިއްޖެ ޙާލަތެއްގައި ބާޠިލު ކުރުމުގެ އިޚުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
28 ޖުމާދަލްއޫލާ 1436