ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-ARISE/438/2023/559
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:54
ސުންގަޑި: 21 ޑިސެންބަރު 2023 14:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު - ޕްރޮކިއުމަންޓް ސްޕެޝަލިސްޓް

މަޤާމް :ޕްރޮކިއުމަންޓް ސްޕެޝަލިސްޓް
ބޭނުންވާ އަދަދު :1

އެކްސެލަރޭޓިންގ ރިނިއުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓޭނަބަލް އެނަރޖީ (އެރައިސް) މަޝްރޫޢުގެ ޚަރަދުތަކަށް ވަރލްޑް ބޭންކުން ވަނީ ދިވެހި ސަރުކާރަށް ހިލޭ އެހީ ދެއްވާފައެވެ. އަދި މި ހިލޭ އެހީގެ ބައެއް މި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ ޕްރޮކިއުމަންޓް ސްޕެޝަލިސްޓަކަށް ޚަރަދުކުރުމަށް ވަނީ ގަސްތުކޮށްފައެވެ.

މި މިނިސްޓްރީގެ ފަރާތުން މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:

  • ޕްރޮކިއުމަންޓް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ޑިގްރީ (ނުވަތަ ސަޕްލައި ޗެއިން މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ލޮޖިސްޓިކްސް އެންޑް ޓްރާންސްޕޯޓް، އަދި ފައިނޭންސް އެންޑް އެކައުންޓިންގ ފަދަ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުން)؛ އަދި
  • މަދުވެގެން ހަތް (7) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި މި މަސައްކަތު ތަޖުރިބާގެ ތެރޭގައި މަދުވެގެން ތިން (3) އަހަރުގެ ޕްރޮކިއުމަންޓާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • ޕްރޮކިއުމަންޓް މެނޭޖްމަންޓްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ (ނުވަތަ ސަޕްލައި ޗެއިން މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ލޮޖިސްޓިކްސް އެންޑް ޓްރާންސްޕޯޓް، އަދި ފައިނޭންސް އެންޑް އެކައުންޓިންގ ފަދަ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުން)؛ އަދި
  • މަދުވެގެން ދިހަ (10) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި މި މަސައްކަތު ތަޖުރިބާގެ ތެރޭގައި މަދުވެގެން ފަސް (5) އަހަރުގެ ޕްރޮކިއުމަންޓާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަސައްކަތަށް ހޮވޭ ފަރާތަކަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާއަށް ބަލާފަ -/27،800 އާއި -/38،600 ރުފިޔާ އާއި ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ ފުލްޓައިމް ބޭސިސްގައި ބާރަ (12) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސް ޑޭޓަޑް ޖުލައި 2016، ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

މި މަސައްކަތުގެ އިތުރު މަޢުލޫމާތު މި ދަޢުވަތާއި އެކީގައި ޝާއިޢު ކުރެވިފައިވާ މި މަސައްކަތާއިގުޅޭ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔެގެން އިތުރު މަޢުލޫމާތު ސާފުކުރެވޭނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން ޑިސެމްބަރ 21، 2023 ވަނަ ދުވަހު މާލެ ގަޑިން 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

އެރައިސް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3019217

އީމެއިލް: [email protected]  

ކޮޕީ: [email protected]

12 ޑިސެންބަރު 2023