ދިވެހިރާއްޖެ
އިޢުލާން
ސަރވަރ އަދި ޔޫޕީއެސް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުން
މި ބިއުރޯއަށް ސަރވަރ އަދި ޔޫޕީއެސް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިތަކެތި ސަޕްލައިކޮށް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ޑިސެމްބަރު 2023 ވަނަ ދުވަހުގެ 13:30 އަށް މިބިއުރޯ ހިނގަމުންދާ " ދާރުލް އީމާން ބިލްޑިންގ" ގެ 8 ވަނަ ފަންގިފިލާ އަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. މިބިއުރޯއަށް ހޯދުމަށް ބޭނުންވާ ތަކެތީގެ މަޢުލޫމާތު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި މަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ޑިސެމްބަރު 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރީވިކަން ޔަގީން ކުރައްވަންވާނެއެވެ. ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވ
މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.
28 ޖުމާދަލްއޫލާ 1445
12 ޑިސެމްބަރު 2023