ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މި އިދާރާގެ އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ (ވަގުތީ) ގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 22 އޮކްޓޫބަރު 2014 ގައި ކުރި 360B/2014/12 ނަންބަރުގެ އިޢުލާނާ ގުޅިގެން މަޤާމުގެ ޝަރުތު ހަމަވާ ފަރާތަކުން ކުރިމަތިލާފައިނުވާތީ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވައިލަމެވެ.
މަގާމް: |
އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ (ވަގުތީ) |
މަޤާމުގެ ނަންބަރު: |
252598 |
ރޭންކް: |
ޖީ. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުއްދަތު: |
1 އަހަރު ދުވަސް |
މުސާރަ: |
4,465.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު 1,500.00 ރުފިޔާ |
އުޖޫރައާއި ޢިނާޔަތްތައް: |
ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ. |
ޗުއްޓީ: |
ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ލިބޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން: |
ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ، އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް |
މަގާމުގެ ފެންވަރު ނުވަތަ ޝަރުޠު/ ތަޢުލީމާ، ތަޖުރިބާތައް: |
|
މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
- ރަށުގެ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމާއި، ޕްލޭނުގައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން. - ރަށުގެ ލޭންޔޫސް ޕްލޭން އެކުލަވައިލުމުގެ މަސައްކަތްކުރުމާއި، އެ ޕްލޭނާ އެއްގޮތަށް ރަށުގެ ބިންތައް ބޭނުންކުރުމާބޭހޭ އެންމެހައި ކަންތައްތައް ހިންގުން. - ރަށާބެހޭ ތަފާސްހިސާބުތައް ހޯދައި، އެތަކެތި ބެލެހެއްޓުން. - ރަށުގެ ބަނދަރާއި، މަގުތަކާބެހޭ ޤަވާޢިދުތައް ހިންގައި ބެލެހެއްޓުން. - ރަށުގެ ފެނާއި ނަރުދަމާގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު: |
- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، ކެޔޮދޫ ކައުންސިލްގެ އިދާރާގައެވެ. - އިޢުލާނުގެ މުއްދަތު ހަމަވާތާ، ރަސްމީ 15 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ. |
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 މާރިޗު 22 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަށްޖެހޭ އެންމެހައި ލިޔުންތައް ވ. ކެޔޮދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6700601 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6700601 އެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. |
21 ޖުމާދަލްއޫލާ 1436