ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2015/78
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 15:51
ސުންގަޑި: 30 މާރިޗު 2015 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެސިސްޓަންޓް މީޑިއާ އޮފިސަރ

މި މިނިސްޓްރީގެ ނަންބަރު IUL)138-AS4/1/2015/59) އިޢުލާނުން "އެސިސްޓެންޓް މީޑިއާ އޮފިސަރ" މަޤާމަށް ފުރުޞަތު ހުޅުވާލުމުން، އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން މި މަޤާމަށް އިޢުލާން ކުރީމެވެ.

މަޤާމު

އެސިސްޓެންޓް މީޑިއާ އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ. އެސް. 3 / އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

މަޤާމު ނަންބަރު

231930

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން

މީޑިއާ ކޯޑިނޭޝަން ޔުނިޓް/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

  • މުސާރަ: -/4465ރ
  • ސަރވިސް އެލަވަންސް: -/1500ރ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދާއިރާއިން ކުރާ މުހިންމު ކަންތައްތަކާއި ހިންގާ މަޝްރޫޢުތަކާއި ޕްރޮގްރާމުތަކުގެ ޚަބަރާއި މަޢުލޫމާތު ފެތުރުމާއި މި ދާއިރާގެ ކަންތައްތަކާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ޚަބަރުފަތުރާ ވަސީލަތްތަކުން މިދާއިރާގެ މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ބައިވެރިވާ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުން.
  • މިނިސްޓްރީއާއި ދާއިރާއިން ބާއްވާ މީޑިއާ އިވެންޓުތަކުގެ މަޢުލޫމާތު ލިޔެ ތައްޔާރުކޮށް، އަދި ފޮޓޯ/ވީޑިއޯ ނެގުމާއެކު ލަސްނުކޮށް، ޚަބަރުފަތުރާ ވަސީލަތްތަކަށް ފޮނުވުމާ މިނިސްޓްރީގެ ވެބްސައިޓު އަދި މިނިސްޓްރީން ބޭނުންކުރާ ސޯޝަލް މީޑިއާ ސައިޓުތަކުގައި ޝާއިޢުކުރުން.
  • މިނިސްޓްރީއާއި ދާއިރާއާ ބެހޭގޮތުން ޚަބަރު ފަތުރާ ފަރާތްތަކުން ފަތުރާ މަޢުލޫމާތާއި ޚަބަރު މޮނިޓަރކޮށް އޭގެ ރެކޯޑުތައް ބެލެހެއްޓުމާއި އެފަދަ ޚަބަރުތަކާއި ގުޅިގެން މިނިސްޓްރީއާއި ދާއިރާއިން ޖަވާބުދީ ކަމެއް އޮޅުންފިލުވައިދޭން ޖެހިއްޖެ ޙާލަތެއްގައި އެކަމަކަށް މަގުފަހިކޮށްދީ ޕަރމަނަންޓް ސެކްރެޓަރީގެ ލަފާގެ މަތިން މަޢުލޫމާތު ދޭނެގޮތެއް ކަނޑައަޅައި ހަމަޖެއްސުން.
  • މިނިސްޓްރީން ރާވައި ހިންގާ އިވެންޓުތަކުގެ މަޢުލޫމާތު އިސްވެ ހޯދުމަށް މަސައްކަތް ކުރުމާއި، އެފަދަ އިވެންޓުތަކަށް ބޭނުންވާ މީޑިއާ ކަވަރޭޖްގެ ކަންކަން ރާވާ އިންތިޒާމު ކުރުން. އަދި އެފަދަ ކަންކަން ދުރާލާ ވެބްސައިޓާއި އަދި މިނިސްޓްރީން ބޭނުންކުރާ ސޯޝަލް މީޑިއާ ސައިޓުތަކުގައި ހިމެނުން.
  • އާންމުންނަށް އެނގެންޖެހޭ މަޢުލޫމާތު ހާމަކުރުން، މިގޮތުން މިނިސްޓްރީގެ ވެބްސައިޓްގައި މިފަދަ ހުރިހާ މަޢުލޫމާތެއް އަޕްޑޭޓުކޮށް ހުރިކަން ޔަޤީންކުރުން.
  • މީޑިއާގެ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
  • މިނިސްޓްރީން ތައްޔާރުކުރަން ބޭނުންވާ ޕްރެޒެންޓޭޝަން، މީޑިއާކިޓް، ލުއިފޮތް، މަޢުލޫމާތު ކަރުދާސް، ލީފްލެޓް ފަދަ ތަކެތި ލޭއައުޓް ހަދައި ފަރުމާކޮށް ތައްޔާރު ކުރުން.
  • މީޑިއާއިން ހުށަހަޅާ ސުވާލުތަކާއި އެޕޮއިންޓްމަންޓްތަކަށް އެޓެންޑު ކުރުން.
  • މީޑިއާ ކޮމިއުނިކޭޝަން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މިނިސްޓްރީގެ މަސައްކަތްތަކާއި އެނޫންވެސް ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ބޭނުންވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ މީޑިއާތައް އަދި އެނޫންވެސް ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުވައިދިނުން.
  • ޔުނިޓުގެ ބަޖެޓް ތައްޔާރު ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ތައުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަރވިއު.
  • ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  • ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 30 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 އެޕްރީލް މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމި މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ http://www.housing.gov.mv/v1/file-download/ )
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

26 ޖުމާދަލްއޫލާ 1436

17 މާރިޗު 2015