ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2015/44
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 15:45
ސުންގަޑި: 26 މާރިޗު 2015 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ގްރެފިކްސް ޑިޒައިނަރ

މަޤާމު:

ގްރެފިކްސް ޑިޒައިނަރ

ބޭނުންވާ އަދަދު :

01

މުސާރަ:

  • 7259.00 ރުފިޔާ (ހަތްހާސް ދުއިސައްތަ ފަންސާސް ނުވަރުފިޔާ)
  • އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް:

3510.00 ރުފިޔާ (ތިން ހާސް ފަސް ސަތޭކަ ދިހަ ރުފިޔާ)

 

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާރޓްމަންޓް:

ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާރކެޓިންގ ޑިވިޜަން

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 7 ގެ ފާހެއް އޮތުން ނުވަތަ  މަސައްކަތްތަކުތަކުގެ ތަޖުރިބާ ލިބިފައިވާކަން ސާބިތުކޮށް ދިނުމާއެކު އިންޓަރވިއުއިން ފާސްވުން.
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 10 އަހަރު ދުވަހަށްވުރެ މަދުނޫން މުއްދަތެއްގެ ތަޖުރިބާ ލިބިފައިވާކަން ސާބިތުކޮށްދިނުމާއެކު އިންޓަރވިއުއިން ފާސްވުން.
  • ކަންކަމުގައި އަމިއްލަ އަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

މަސައްކަތުގެ ދާއިރާ

  • ޕޯސްޓަލް ޕްރޮޑަކްޓްސްގެގޮތުގައި ބޭނުންކުރާ ތަކެތި ޑިޒައިންކުރުމާއި ތައްޔާރުކުރުން.
  • ކުންފުނީގެ ބޭނުންތަކަށް ޑިޒައިން ކުރަންޖެހޭ ތަކެތި ޑިޒައިންކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ (އެޓެސްޓްކޮށްފައި)
  • ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި:

މި މަޤާމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ވަނަވަރު އަދި އެކުގައިހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 03 ވަނަ ފްލޯރއަށް ވަޑައިގެން އެޗްއާރު ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271

ފެކްސް: 3321559

17 މާރިޗު 2015