ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2015/45
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 15:42
ސުންގަޑި: 31 މާރިޗު 2015 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ، ހިއުމަން ރިސޯސަސް ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް

މަޤާމު:

މެނޭޖަރ، ހިއުމަން ރިސޯސަސް ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް

 

މުސާރަ:

7259.00 ރުފިޔާ (ހަތްހާސް  ދުއިސައްތަ ފަންސާސް ނުވަރުފިޔާ)

ސަރވިސް އެލަވަންސް:

3510.00 ރުފިޔާ (ތިން ހާސް ފަސް ސަތޭކަ ދިހަ ރުފިޔާ)

 

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މަޤާމުގެ ޝަރުޠު:

  • ހިއުމަން ރިސޯސަސް ދާއިރާއިން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ނުވަތަ އެޑިއުކޭޝަންގެ ދާއިރާއިން އިން ޤައުމީ ސަނަދުގެ އޮނިގަޑު ލެވެލް 7 ގެ ފާހެއް އޮތުން، ނުވަތަ
  • ކުރެވޭ އިންޓަރވިއުއިން ފާސްވުން
  • މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަސައްކަތުގެ ދާއިރާ

ހިއުމަން  ރިސޯސަސް ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއި އެކު)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ (އެޓެސްޓްކޮށްފައި)
  • ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި:

މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މިކަމަށް އެދި ފޮނުވާ ސިޓީއާއި ވަނަވަރު އަދި އެކުގައި ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 15:00ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 03 ވަނަ ފްލޯރއަށް ވަޑައިގެން އެޗްއާރު ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "މެނޭޖަރ، ހިއުމަން  ރިސޯސަސް ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް" މިހެން ޖައްސަވަންވާނެއެވެ.

 

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ  ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯނު: 3009271

ފެކްސް: 3321559

18 މާރިޗު 2015