ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-B1/142/2023/232
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 29 ފެބުރުވަރީ 2024 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ގްރޭޑް 12،11،10 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ނުވަތަ ސްކޫލު ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދިނުމާ ގުޅޭ

އިޢުލާން

ގްރޭޑް 12،11،10 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ނުވަތަ ސްކޫލު ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދިނުމާ ގުޅޭ

       އިމާމުންނާއި ޚަޠީބުންގެ ޒުވާން ޖީލެއް އުފެއްދުމުގެ ސިޔާސަތުގެ ދަށުން ގުރޭޑް 12,11,10 ގައި ތަޢުލީމު ހާސިލުކުރަމުންދާ ނުވަތަ ސްކޫލު ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރްއާން ކިޔަވައި، ނަމާދުގެ ފިޤުހްގެ ބައިތަކަށް އަހުލުވެރިވެފައިވާ ދަރިވަރުންނަށް، ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރުގެ ހުއްދަ ދިނުމަށް މި މިނިސްޓްރީން ނިންމާފައިވާތީ، އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތުވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ.  މިކަމަށް އެދި ހުށަހަޅާނީ، މި މިނިސްޓްރީން ގާއިމުކޮށްފައިވާ އިލްކްޓްރޯނިކް ފޯމު މެދުވެރިކޮށެވެ.

      އަދި މިކަމަށް އެދި ދަރިވަރުން ހުށަހަޅާ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް  www.islamicaffairs.gov.mv އިން ލިބެން ހުންނާނެއެވެ.     

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެ ކޮޕީ
  • ތައުލީމީ ސެޓްފިކެޓު ތަކުގެ ކޮޕީ
  • ޤުރުއާން މުބާރާތުން ވަނަ ލިބިފައިވާނަމަ ލިބިފައިވާ ސެޓްފިކެޓްގެ ކޮޕީ
  • ސްކޫލުގައި އުޅޭނަމަ ލިޔުން
  • ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން (18 އަހަރު ފުރިފައި ނުވާނަމަ)

   ވީމާ މިކަމަށް އެދޭ ދަރިވަރުން 29 ފެބްރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީ އަށް ފޯމު ހުށައެޅުއްވުން އެދެމެވެ.

 

                                27 ޖުމާދަލްއޫލާ 1445 

                                11 ޑިސެންބަރު 2023

 

11 ޑިސެންބަރު 2023