މަސައްކަތް
ނަންބަރު: (IUL)368-AS/368/2023/47
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 17 ޑިސެންބަރު 2023 12:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޢިއްޒުއްދީން ފޮޅައި ސާފުކުރުމާއި ބެލެހެއްޓުން

މަސްޖިދުލް ޢިއްޒުއްދީން ފޮޅައި ސާފުކޮށް ބެލެހެއްޓުން

                        މި އިދާރާއިން ފޯރުކޮއްދޭ މަޢުލޫމާތާއި އެއްގޮތައް، 02 އަހަރު ދުވަހުގެ މުއްދަތަށް، މި ރަށު މަސްޖިދުލް ޢިއްޒުއްދީން ފޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

2023 ޑިސެމްބަރ 17 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގެ ފޯން 6720031 އަށް ގުޅުއްވައި ނުވަތަ [email protected]  އަށް އީމެއިލް ކުރައްވައި ނުވަތަ  https://forms.gle/uvNZ3b44aJ1tJkdw8  މެދުވެރިކޮށް ރަޖިސްޓްރީ ކުރުން

ފޯން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާނަމަ ތިރީގައިވާ މައުލޫމާތު ހިމެނުއްވަން ވާނެއެވެ.

-    އިޢުލާން ނަންބަރު (ކޮން އަންދާސީ ހިސާބެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-    ރަޖިސްޓްރީ ކުރާ ފަރާތުގެ ނަން (އަމިއްލަ ފަރުދުންގެ ވިޔަފާރި/ ޕާޓްނާޝިޕް/ ކުންފުނި/ ކޯޕަރޭޓިވް ސޮސައިޓީ)

-    ރަޖިސްޓްރީ ނަމްބަރު

-    ގުޅޭނެ ފޯނު ނަންބަރު

-    އީމެއިލް އެޑްރެސް

-    މެއިލް ފޮނުވާ ފަރާތުގެ ނަން

ބީލަން ހުށަހެޅުން

2023 ޑިސެމްބަރ 20 ވާ ބުދަ ދުވަހުގެ 10:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި

(ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.)

މިބީލަމާއި ގުޅޭ އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބުހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.

11 ޑިސެންބަރު 2023