ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2023/104
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 18 ޑިސެންބަރު 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގެވަޅު ކޮމެޓީ" އެކުލަވާލުމާއި ގުޅޭ

މިރަށުން މީހުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށްޓަކައި "ގެވަޅު ކޮމެޓީ" ގެ ނަމުގައި، ސަރުކާރުގެ މުއައްސަސާތަކާއި އަދި އާންމު ރައްޔިތުންގެ ތެރެއިން 2 ބޭފުޅަކު ހިމެނޭހެން ކޮމިޓީއެއް އެކުލަވާލެވިފައިވެއެވެ. ނަމަވެސް މިވަގުތު އާންމު ރައްޔިތުންގެ ތެރެއިން 1 ބޭފުޅަކު ވަނީ ކޮމެޓީއިން އިސްތިއުފާދެއްވާފައެވެ.

             ވީމާ، މިކޮމެޓީގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  18 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ.

             މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

                      26 ޖުމާދަލްއޫލާ 1445

                      10 ޑިސެމްބަރ 2023               

10 ޑިސެންބަރު 2023