މަސައްކަތް
ނަންބަރު: (IUL)364-ESMS/364/2023/52
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 17 ޑިސެންބަރު 2023 13:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު މުލަކުގައި ޑިޖިޓަލް ނޯޓިސްބޯޑެއް ހަދައިދޭނެ ފަރާތެއް ހޯދުން

މ. މުލަކު ކައުންސިލް އިދާރާއިން ދޭ ތަކެތީގެ އިތުރުން އަމިއްލަ ތަކެތީގައި މުލަކަތޮޅު މުލަކުގައި ޑިޖިޓަލް ނޯޓިސްބޯޑެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި ކުރެހުންތަކުގައި ބަޔާންކުރެވިފައިވާނެއެވެ.

މި މަސައްކަތުގެ " މަޢުލޫމާތު ޝީޓް "  އަދި " ބިޑް ރަޖިސްޓްރީ ފޯމް " މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި  މިކައުންސިލާ ގުޅުއްވުމުން ވެސް ބޭނުވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ޑޮކިއުމަންޓް ފޯރުކޮށް ދެވޭނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލްގައި ރެޖިސްޓަރ ކުރަންވާނެއެވެ. މިކަމަށް ޚާއްޞަ ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް ރަޖިސްޓްރީކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މިކައުންސިލްގެ މެއިލް [email protected] އަށް މެއިލްކުރަންވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީގެ އިތުރުން ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ބިޑް ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 17 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 13.00 ގެ ނިޔަލަށެވެ.  މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން

ޕްރީބިޑް ބައްދަލުވުމާއި ގުޅޭ ހުރިހާ މަޢުލޫމާތެއް ތިރީގައި މިވަނީއެވެ.

ތަން : މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް    ތާރީޙް : 18 ޑިސެމްބަރ 2023   ގަޑި : 13:00

ބިޑް ސެކިއުރިޓީ

މި އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިއުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ.ބީލަން ހުށަހަޅާނީ 20 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 13:00 އާ ދެމެދު މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާއަށެވެ.  ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ކެނޑުމަށް ހަމަޖެހިފައި ވަނީ 20 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތްތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި ފަރާތެއް އަންނަނަމަ، އެކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް:    [email protected]

ފޯން : 6723713 / 6723711 

ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މުލަކަތޮޅު މުލަކު ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސެސްގެ ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

11 ޑިސެންބަރު 2023