ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)253-OU-08275/253/2023/74
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 10 ޖަނަވަރީ 2024 13:30
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.މާރަންދޫއިން، ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން -2023

އިޢުލާން

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން   

              ހއ.މާރަންދޫ އިން ބަންޑާރަބިމުން ދިރިއުޅުމަށްޓަކައިގޯތި ބޭނުންވާ ފަރާތްތަކަށް ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުޞަޠު ހުޅުވާލައިފީމެވެ. މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 49 ގޯއްޗެވެ.

 

* ދިވެހިރައްޔިތަކު ކަމުގައިވުން.

* 2024 ޖެނުވަރީ 10 ވަނަދުވަހުގެ ނިޔަލަށް މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.

* ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ ހައުސިންގ ޔުނިޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.

* ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާތާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

* ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވުން.

* ހިބައިން ނުވަތަ ވަޞިއްޔަތުން ނުވަތަ ތަރިކައިގެ އުސޫލުން، ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިނެތުން ނުވަތަ ލިބިފައިނެތުން، އަދި 600 އަކަފޫޓަށް ވުރެ ކުޑަ ބައެއް ރަޖިސްޓަރީވެފައިވާނަމަ ނުވަތަ  ލިބިފައިވާނަމަ މިފަދަ ބައެއް، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވުން. (އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިޤުރާރު ފޯމާއެކު ހުށަހަޅަންވާނެއެވެ.)

 

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން " ހއ.މާރަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް 2023" ފުރިހަމަކުރެއްވުމަށްފަހު، 10 ޖެނުވަރީ 2024 ވާ ބުދަ ދުވަހުގެ 13.30 ގެ ކުރިން ގޯއްޗަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.   ގޯއްޗަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން (11 ޑިސެންބަރު 2023) ފެށިގެން 10 ޖެނުވަރީ 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ނިޔަލަށް  ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 13:30 ގެ ނިޔަލަށެވެ. ގޯއްޗަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ފޭސްބުކު ޕޭޖުންވެސް ގޯއްޗަށް އެދޭ ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

 

އީމެއިލް މެދުވެރިކޮށްވެސް ގޯއްޗަށް އެދޭ ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ އީމެއިލް އެޑްރެސް  [email protected]އަށް މެއިލްކުރުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅާ ފަރާތްތަކުން ފޯމް  މިއިދާރާއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

މި އިޢުލާނާއެކު " ހއ.މާރަންދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް 2023 " ،  ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ޞަރަޙައްދުތައް އެގޭނެ ގޮތުގެ ޗާޓް އަދި "ހއ.މާރަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް 2023" ޢާންމުކުރީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6500029 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

 

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

27 ޖުމާދަލްއައްވަލް 1445

 

11 ޑިސެންބަރު   2023 

 

11 ޑިސެންބަރު 2023