ނީލަން
ނަންބަރު: (IUL)468-LMS/468/2023/361
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 14 ޑިސެންބަރު 2023 09:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން

   ފުވައްމުލަކުގައި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ދޫނޑިގަން އަވަށު މަސްޖިދުލް އިޖާބާގެ އިރު އުތުރުން އާސިމީމަންޒިލް ގޯއްޗާއި ހަމަޔަށް ފާހަގަކޮށްފައިވާ ބިމުގައި 01 ން 270 އަށް ނަންބަރު ޖަހާފައިވާ ރުއްގަސްތަކުގެ ތެރެއިން ނުކަނޑާހުރި 108 ރުއްގަހުގެ ނީލަންކިޔުން 2023 ޑިސެންބަރު 14 ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި  އެތަކެތީގެ ކާރީގައި އޮންނާނެއެވެ.

   ނީލަމުން ރުއްގަސް ނަންގަވާ ފަރާތްތަކުން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށް ފަހު 03 ދުވަހުގެ ތެރޭ ރުއްގަސް ކަނޑާ އެތަނުން ރުއްގަހުގެ ބައިތައް ނަންގަވަން ވާނެއެވެ. ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކެއް ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

11 ޑިސެންބަރު 2023