ދިވެހިރާއްޖެ
ވަގުތީގޮތުން ރަށުގެ ގަބުރުސްތާނު ސާފުކޮށް ބަލަހައްޓާނޭ ފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.
ބޭނުންވާ އަދަދު: 01
މުސާރަ : މަސައްކަތްކުރާ ގަޑި އިރަކަށް -/45 ރުފިޔާ
ފެންވަރު ނުވަތަ ޝަރުޠު: އަސާސީ ފެންވަރަށް ލިޔަންކިޔަން ދަތުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
މުއްދަތު: 2024 ޑިސެމްބަރ 31 ގެ ނިޔަލަށް
ކުރަންޖެހޭ މަސައްކަތް:
1- ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ގަބުރުސްތާނު ސާފުކޮށް ބެލެހެއްޓުން
ހުށަހަޅަންޖެހޭ ލިއުންތައް:
1- މި ކަމަށް އެދޭ ފޯމު
2- އައިޑީކާޑުގެ ކޮޕީ
އެދެންވީ ގޮތާއި، ސުންގަޑި:
މި ކަމަށް އެދި ވަޑައިގަންނަވާ ފަރާތްތަކުން 18 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.
11 ޑިސެމްބަރ 2023