ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272/272/2023/121
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 19 ޑިސެންބަރު 2023 20:30
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ޑިސެންބަރުމަހު ކައުންސިލުން ބާއްވާ ބައްދަލުވުން

ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ޑިސެންބަރުމަހު ކައުންސިލުން ބާއްވާ ބައްދަލުވުން

 

ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 107 ވަނަ މާއްދާގެ ދަށުން، ޑިސެންބަރުމަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވަންޖެހޭ ކައުންސިލްގެ ބައްދަލުވުމާއި ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 1-107 ވަނަ މާއްދާގެ ދަށުން، ކައުންސިލުން ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކޮންމެ 4 (ހަތަރެއް) މަހަކުން ބާއްވަންޖެހޭ ބައްދަލުވުން، މި ޑިސެންބަރު މަހުގެ 19 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:30 ގައި ޕްރީސްކޫލު ހޯލުގައި އޮންނާނެއެވެ.

މި ބައްދަލުވުމުގައި 2023 ވަނަ އަހަރުގެ ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުން ދާތޮތް، ކައުންސިލުން ކުރަމުން އަންނަ މުހިއްމު މަސައްކަތްތައް، 2024 ވަނަ އަހަރުގެ ލަފާކުރާ ބަޖެޓް އަދި 2024 ވަނަ އަހަރަށް ކައުންސިލްގެ މަސައްކަތްތަށް ރޭވިފައިވާ ގޮތުގެ މަޢުލޫމާތު ހިއްސާކުރުން އޮންނާނެއެވެ. މި ބައްދަލުވުމަށް ނޫމަރާގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 ޑިސެންބަރު 2023