މަސައްކަތް
ނަންބަރު: (IUL)330-B/330/2023/69
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:32
ސުންގަޑި: 18 ޑިސެންބަރު 2023 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިޓް ސްޓޭންޑް ތަކެއް ހަދައި 4 މާސްޓްގައި ހަރުކުރުން

މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ލައިޓް ހަރުކުރާ ސްޓޭންޑްތަކެއް ހަދައި ހަތަރު މާސްޓްގައި ހަރުކުރުމާއި، މާސްޓްތައް ހަރުކުރުމަށް އަޅާފައިވާ ބުޑުތަކުގައި މާސްޓްތައް ހަރުކޮށް،  މާސްޓްތަކުގައި 16 ލައިޓް ހަރުކޮށް އެޖަސްޓްކުރުމާއި ލައިޓްތަކަށް ކަރަންޓް ގުޅުމަށް ކުރަންޖެހޭ ވައިރިންގެ އެންމެހާ އެންމެހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

         ވީމާ މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން ބީލަމަށް ރަޖިސްޓްރީކުރެއްވުމަށްފަހު 18 ޑިސެންބަރު 2023 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބީލަމަށް ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކުން 100 ރުފިޔާގެ ފީއެއް ދައްކަވަން ޖެހޭނެއެވެ. ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު، ބީލަމަށް ރަޖިސްޓްރީ ވާން އެދޭ ފޯމާއެކު 2023 ޑިސެންބަރު 13 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށް ފޯމާއި ޓްރާންސްފަރ ސްލިޕް ފޮނުއްވުން އެދެމެވެ. ބީލަމަށް ރަޖިސްޓްރީވާން އެދޭ ފޯމު މަޢުލޫމާތު ކަރުދާހާއެކު ހިމެނިފައި ވާނެއެވެ. އަގު ހުށަހަޅުއްވާނީ ބީލަން ހުށަހަޅާ ފޯމުންނެވެ.

      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ޑިސެންބަރު 2023