ބީލަން
ނަންބަރު: (IUL)296/296/2023/49
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:31
ސުންގަޑި:
25 ޖަނަވަރީ 2024 00:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ނ. ފޮއްދޫ ލޯކަލް ޓޫރިޒަމް ޒޯން އިން 2 ބިން ކުއްޔަށް ދޫކުރުމާ ބެހޭ:
|
ބީލަން ހުށައެޅުމުގެ ދަޢުވަތު:
ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ނ. ފޮއްދޫ ލޯކަލް ޓޫރިޒަމް ޒޯން އިން 2 ބިން (A) 16,000 ( ސޯޅަހާސް އަކަފޫޓް ) އަދި (C) 10,000 ( ދިހަހާސް އަކަފޫޓް ) ގެ ބިން 50 ( ފަންސާސް ) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބިމުގެ މައުލޫމާތު:
ބިމުގެ ނަންބަރ
|
ސަރަހައްދުގެ ބޮޑުމިން ( އަކަފޫޓު )
|
ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަގު ( ދިވެހި ރުފިޔާ )
|
ބިމު ކުލީގެ ގޮތުގައި ހުށައެޅޭނެ އެންމެ ދަށް އަދަދު މަހަކަށް
|
ބިމު ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަދަދު އަހަރަކަށް ( ދިވެހި ރުފިޔާ )
|
A
|
16،000
|
ކުއްޔަށް ނަގާ ފަރާތުން ބިން " A" ބިމުކުލީގެ ގޮތުގައި މަހަކަށް ދެއްކުމަށް ހުށަހަޅާ އަދަދު x 12
|
7401.60
|
88،819.20
|
C
|
10،000
|
ކުއްޔަށް ނަގާ ފަރާތުން ބިން "C " ގެ ބިމުކުލީގެ ގޮތަގައި މަހަކަށް ދެއްކުމަށް ހުށަހަޅާ އަދަދު x 12
|
4،626
|
55،512.00
|
ބީލަމަށް ރަޖިސްޓްރީކުރުން
|
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، 11 ޑިސެމްބަރ 2023 އިން 25 ޑިސެމްބަރ 2023 ގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 14:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
- ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރައްވާނަމަ [email protected] މެއިލް ކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވެލެއްވޭނީ ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކެވެ.
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 18 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ރޫމްގައެވެ. މިބިއްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މި މީޓިން ގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެފަރާތެއްގެ ނަން ، އީމެއިލް އެޑްރެސް ، އަދި ފޯން ނަންބަރ ހިމެނޭހެން،[email protected] އަށް 14 ޑިސެމްބަރ 2023 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އީމެއިލްކުރަންވާނެއެވެ.
|
ބީލަން ހުށައެޅުން
|
- ބީލަން ބަލާގަތުމާއި ބީލާން ހުޅުވުން އޮންނާނީ 25 ޖަނަވަރީ 2023 ވާ ބުރާސްފަރި ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުނުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަމްތަކާއި ، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
- ބިޑް ރަޖިސްޓްރީ ކުރަން ހުށައެޅި ފަރާތްތަކުން ބިޑް ހުށައަޅަން ފޮނުވާނަމަ ކުންފުނީގެ ސިޓީއެއް ހުށައަޅަންވާނެއެވެ.
|
ވީމާ މިކަން ޢައްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
27 ޖުމާދަލްއޫލާ 1445
11 ޑިސެމްބަރ 2023