ވަޒީފާގެ ފުރުޞަތު
ނަންބަރު: MHCL/IUL/2015/17
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 26 މާރިޗު 2015 15:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

މަޤާމު:

ޕްރޮކިއުމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

އަސާސީ މުސާރަ:

-/5،000 ރުފިޔާ

އެލަވަންސް:

  • ޕްރޮފެޝަނަލް އެލަވަންސް: ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް -/75 ރުފިޔާ
  • ސަރވިސް އެލަވަންސް: -/2،000 ރުފިޔާ
  • ފޯން އެލަވަންސް: -/200 ރުފިޔާ

އިތުރު ގަޑި:

ރަސްމީ ގަޑި ފިޔަވައި އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ އެލަވެންސް ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 
  • ދިވެހި ބަހުންނައި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ބިޑް ޑޮކިޔުމަންޓް ތައްޔާރުކުރުން.
  • ބިޑް އިވެލުއޭޝަން ކްރައިޓީރިއާ ތައްޔާރުކުރުން.
  • ބިޑް އިވެލުއޭޝަން މަސައްކަތައް ބޭނުންވާ އެންމެހައި ލިޔުންތައް ތައްޔާރުކޮށް ކޮމެޓީއަށް ހުށަހެޅުން.
  • ބިޑް އިވެލުއޭޝަން ކޮމެޓީގެ މަސައްކަތްތައް ބެލެހެއްޓުން.
  • ކޯޕަރޭޝަނަށް ބޭނުންވާ ތަކެތީގެ އަގު ހޯދުމާއި އަގު އިވެލުއޭޝަން ފޯމު ތައްޔާރުކުރުން.
  • ޕީ.އޯ ތައްޔާރުކުރުން.
  • ހޯދާ ތަކެއްޗާއި ޚިދުމަތާ ގުޅިގެން ލިބޭ އިންވޮއިސްތައް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ލިޔެކިޔުން ފުރިހަމަކޮށް ޕޭމަންޓް ހެދުމަށް ފޮނުވުން.
  • ކޯޕަރޭޝަނަށް ބޭނުންވާ ތަކެތި ހޯދުމުގެ އެންމެހައި މަސައްކަތްކުރުން.
  • ބިޑޮކޮށްގެން ހަވާލުވެފައިވާ މަސައްކަތުގެ ބިލްތައް އައުމުން ސަޕޯޓިންގ ޑޮކިއުމެންޓް ހަމަކޮށް، އެކައުންޓްސް ޑިޕާޓްމެންޓަށް ފޮނުވުމާއި ޕޭމަންޓް ކަންތައް ހިނގަމުންދާގޮތް ބެލުން.
  • ކޯޕަރޭޝަން ހިންގުމަށް ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ގަތުން.
  • މީގެ އިތުރުންވެސް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން.

މަސައްކަތުގެ ވަގުތު:

  • ރަސްމީ ގަޑި: ހެނދުނު 08:00 އިން ހަވާރި 16:00 އަށް (ރަސްމީ ބަންދު ދުވަސްތައް ފިޔަވައި)
  • ނުރަސްމީ ގަޑިގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނުތަކުގެ ސެޓުފިކެޓު ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުން ގަޑި:

26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހު 15:00 ގެ ކުރިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް ހުށައެޅުއްވުން އެދެމެވެ.

ނޯޓް:

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

15 މާރިޗު 2015