މަސައްކަތް
ނަންބަރު: (IUL)239-IED/239/2015/14
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 24 މާރިޗު 2015 12:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ފާޚާނާއާބެހޭ

ތ.އަތޮޅު ކައުންސިލްގެ ފަރާތުން އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހަދާ 2 ފާޚާނާއާބެހޭ

މިކައުންސިލްގެ ނަންބަރު IUL)239-IED/239/2015/9)ފ(04 މާރިޗު 2015) އިޢުލާން ބާޠިލުކޮށް، އަލުން މި 2 ފާޚާނާ ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 މާރިޗު 2015ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00އަށް މިކައުންސިލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6780700 ނަންބަރާއި ނުވަތަ 9931351 ނަންބަރާއެވެ.

27 ޖުމާދަލްއޫލާ 1436

18 މާރިޗު 2015