މަސައްކަތް
ނަންބަރު: (IUL)MHCL-P/PAN-B/2023/1
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 08:19
ސުންގަޑި: 21 ޑިސެންބަރު 2023 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖުކޯޕަރޭޝަންގައި ހަރުކޮށްފައި ހުރި އެއާރ ކޮންޑިޝަނަރތައް ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުން

މޯލްޑިވްސް ޙައްޖުކޯޕަރޭޝަންގައި ހަރުކޮށްފައި ހުރި އެއާރ ކޮންޑިޝަނަރތައް ކޮންޓްރެކްޓް އުސޫލުން  1 އަހަރު ދުވަހުގެ މުއްދަތަށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުން

 

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގައި ހަރުކޮށްފައި ހުރި އެއާރ ކޮންޑިޝަންތައް ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކޯޕަރޭޝަންގެ ފަރާތުން 28 ނޮވެމްބަރު 2023 ވަނަ ދުވަހު ކުރެވުނު އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

 

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް:

މިބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން:

 

މިއިޢުލާނާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 17 ޑިސެމްބަރު 2023 ވާ އާދީއްތަ ދުވަހުގެ ދެ ގަޑި ސުންމިނެޓު (14:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 03 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމާ ހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 21 ޑިސެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ ދެ ގަޑި ސުންމިނެޓު (14:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 03 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 19 ޑިސެމްބަރު 2023 ވާ އަންގާރަ ދުވަހުގެ ދެ ގަޑި ސުންމިނެޓް (14:00) ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

11 ޑިސެންބަރު 2023