ދިވެހިރާއްޖެ
ނޫމަރާ ސްކޫލް
ނޫމަރާ ދިވެހިރާއްޖެ ނަންބަރު: GS102/IUL/2023/10
އިޢުލާނު
2024ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެއެވެ.
2024 ޖެނުއަރީ 01 ން 2024 ޑިސެމްބަރ 31 އަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: GS102/IUL/2023/09 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ދިނުމުގެ ސެސަން |
އަންދާޒީ ހިސާބު ހުށަހެޅުމާއި ކެނޑުން |
14 ޑިސެމްބަރ 2023 ހެނދުނު 11:00 |
18 ޑިސެމްބަރ 2022 މެންދުރުފަހު 14:00 |
މި މަސައްކަތައް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( 2014/18)ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ތަމްސީލްކުރާ ކުންފުނި / ވިޔަފާރި އެނގޭނެގޮތައް ސިޓީއަކާއިއެކު ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޞިރުވާއިރު ތަމްސީލް ކުރާ ކުންފުނި / ވިޔަފާރީގެ ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ) އިން ދޫކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މިކަމަށްއެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި '' ނޫމަރާ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ ފޯމުތަކާއި ފުރިހަމަކުރަންޖެހޭ ބައިތައް ރަނގަޅަށް ފުރިހަމަނުވާ ފޯމުތައް ބާޠިލްކުރެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.
27 ޖުމާދުލްޢޫލާ 1445
11 ޑިސެމްބަރ 2023