ދިވެހިރާއްޖެ
ވެހިކަލްތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:
މި ސަރވިސްގެ ދަށުން ހިނގަމުންދާ މާލޭ ޖަލުގައިހުރި ވެހިކަލްތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)167-CC/PR/1/2015/21) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.
މި ސަރވިސްގެ ދަށުން ހިނގަމުންދާ މާލޭ ޖަލުގައިހުރި ވެހިކަލްތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ސަރވިސްގެ ވެހިކަލްތައް މަރާމާތު ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
23 މާރިޗު 2015 |
ހޯމަ |
12:00 |
އަންދާސީހިސާބު ހުށަހެޅުއްވުން |
26 މާރިޗު 2015 |
ބުރާސްފަތި |
12:00 |
25 ޖުމާދަލްއޫލާ 1436