ދިވެހިރާއްޖެ
މިކައުންސިލުން ތަރައްޤީކުރަމުންދާ މ.ކޮޅުފުށީ ކުޑަކުދިންގެ ޕާކުގައި ނުނިމި ހުރި 2 ވަށާފާރުގެ އެންމެހާ މަސައްކަތް މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން 11 ޑިސެމްބަރ 2023 (ހޯމަ) ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އަދި މީގެ އިތުރުން އޮންލައިންކޮށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 11 ޑިސެމްބަރ 2023 (ހޯމަ)ވަނަ ދުވަހުގެ 11:00 ގެ ކުރިން މަޢުލޫމާތު ސާފުކުރައްވާ ކުންފުނި / ވިޔަފާރީގެ ނަމާއި،ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް ބަޔާންކޮށް [email protected] އަށް އީ-މެއިލް ކުރެއްވުމުން، މި މަސައްކަތާގުޅޭ މަޢުލޫމާތު އެފަރާތަކަށް 11 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.