ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން،ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މާލެ، ދިވެހިރާއްޖެ
އިއުލާން ނަމްބަރު: (IUL)475/475/2023/236
އިއުލާން
"މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަސްތަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް، ވެބްކޭމް، ހެޑްސެޓް އަދި ރޭމް ސަޕްލައިކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ"
ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އަ.އި.ޓީ އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)475/475/2023/131 އިއުލާންގައިވާ މައުލޫމާތު އަދި ބިޑިންގ ޑޮކިއުމަންޓަށް ބަދަލުގެނައުމަށްޓަކައި، އެ އިއުލާން ބާތިލްކޮށް އަލުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކޮމްޕިއުޓަރ ސިސްޓަމް، ވެބްކޭމް، ހެޑްސެޓް އަދި ރޭމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކުރަމެވެ.
މައުލޫމާތު ސާފުކުރުން:
މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް 26 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ކުރިން [email protected]އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ބިޑިންގ ޑޮކިއުމަންޓް:
މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑިންގ ޑޮކިއުމަންޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ބިޑިންގ ޑޮކިއުމަންޓްގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ބިޑިންގ ޑޮކިއުމަންޓް [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީ ހިސާބު ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑިންގ ޑޮކިއުމަންޓްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،
އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ
އީމެއިލް : [email protected]
ފޯން: 306982/3026975
ނޯޓް:މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، ޖުލައި 2016 " ގައި ވާ ގޮތުގެ މަތިންނެވެ.