މަސައްކަތް
ނަންބަރު: (IUL)311/311/2023/100
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 14 ޑިސެންބަރު 2023 14:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ރުއްދަނޑު ހިމެނޭ ބިމުގައި ދަނޑުވެރިކަންކުރަން ހުޅުވާލުން

ރުކުގެ އާޖީލެއް އުފެއްދުމުގެ މަޤްޞަދުގައި ކައުންސިލުން މި ރަށު ސޯސަންމަގުގައި ހައްދާފައިވާ ރުއްދަނޑު ބެލެހެއްޓުމުގެ ޒިންމާއާއިއެކު އެ ބިމުގައި ދަނޑުވެރިކަންކޮށް ނަފާ ހޯދުމުގެ ފުރުޞަތު އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ. ދަނޑުބިމުގެ ބޮޑުމިނަކީ، 140 ފޫޓް 200 ފޫޓެވެ. ބިން ދޫކުރެވޭނީ 3 އަހަރުގެ މުއްދަތަށް އެއްވެސް ފީއަކާނުލައެވެ. މި ބިން ދޫކުރުމަށް ހަމަޖެހިފައިވަނި ނަންނޯޓު ކުރާ ފަރާތްތަކުގެ ޙާޟިރުގައި ނެގޭ ގުރުއަތަކުންނެވެ.

ބިން ހަވާލުކުރެވޭ ފަރާތުގެ ޒިންމާތައް:
• ރުއްތަކަށް ދުވާލަކު އެއްފަހަރު ފެންލުން

• ރުއްތަކުގެ ވަށައި 2 ފޫޓު ދޫކޮށްގެން ގަސްއިންދުން

• ރުއްތަކަށް ގެއްލުން ވާނެ ފަދަ އެއްވެސް އަމަލެއް ނުކުރުން

• ރުއްތައް ސާފުކޮށް ބެލެހެއްޓުން

• ރުއްތަކަށް ގަސްކާނާފަދަ އެއްޗެއް އަޅަންޖެހޭކަމަށް ފެނިއްޖެނަމަ އެކަމެއް ބިމާއި ހަވާލުވި ފަރާތުގެ އަމިއްލަ ހަރަދުގައި ކުރުން

ވިމާ މިކަމަށް ސައުގުވެރިވާ ފަރަށްތަކަން ނަންނޯޓުކުރުމަށް ތިރީގައިވާ ފޯމް މެދުވެރިކޮށް 14 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓު ކުރެއްވުން އެދެމެވެ.

https://forms.gle/XjA9FBpoGvxCCB929

07 ޑިސެންބަރު 2023