ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MNU-CA-FNP/2015/156
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 25 މާރިޗު 2015 13:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފޮތްތައް ގަންނަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ސައިންސްއަށް ފޮތްތައް ގަންނަން ބޭނުންވެގެން ކުރި އިއުލާން ނަންބަރު 120/MNU-CA-FNP/2015 ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.

ވީމާ، މަތީގައިމިވާ ތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 މާރިޗު 2015 ވާ (ބުދަ) ދުވަހުގެ 13:00 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 މާރިޗު 2015 ވާ (އާދީއްތަ) ދުވަހުގެ 13:00އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

20 ޖުމާދަލްއޫލާ 1436

16 މާރިޗު 2015