ބީލަން
ނަންބަރު: (IUL)408-CA/408/2023/54
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 28 ޖަނަވަރީ 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްލިޕްވޭއެއް ހެދުމަށް ބިމެއް ދޫކުރުން.

                  މި ރަށުގައި ޒަމާނީފެންވަރުގެ ސްލިޕްވޭއެއް ހެދުމަށް 40،000.00 (ސާޅީސް ހާސް) އަކަފޫޓްގެ ބިމެއް 25 އަހަރު ދުވަހުގެ މުއްދަތަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

                  ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަން ކަރުދާސް ބައްލަވައި ގަތުމަށްފަހު 2024 ޖަނަވަރީ 28 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ކަރުދާސް ވިއްކާ އަގަކީ -/5،000ރ (ފަސްހާސް ރުފިޔާ) އެވެ. ބީލަން ކަރުދާސް ލިބިވަޑައި ގަންނަވާނީ 2023 ޑިސެންބަރު 10 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 31 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ކައުންސިލްގެ އިދާރާގެ ކައުންޓަރުންނެވެ.

ބީލަން ކަރުދާސް ވިއްކުން

10 ޑިސެންބަރު 2023 އިން 31 ޑިސެންބަރު 2023 އަށް

ޕްރީ-ބިޑް ބައްދަލުވުން

2024 ޖަނަވަރީ 07 ވާ އާދީއްތަ ދުވަހު 13:00 ގައި.

ބީލަން ހުޅުވުން

2024 ޖަނަވަރީ 28 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި

                  މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.

                  މިކަމަށް ދޫކުރާބިން އެނގޭނެ ޗާޓެއް މި އިއުލާނާ އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި ބީލަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6820007 ފޯނަށެވެ.

                  މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 ޑިސެންބަރު 2023