ވަޒީފާގެ ފުރުޞަތު
ނަންބަރު: MGPL-HR/AD/15-12
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި:
05 އޭޕްރިލް 2015 14:00
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
1
|
ބޭނުންވާ އަދަދު:
|
އެސިސްޓަންޓް މެނޭޖަރ, ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން
|
މަޤާމު:
|
|
|
-/7،400 ރ (ހަތް ހާސް ހަތަރު ސަތޭކަ ރުފިޔާ)
|
އަސާސީ މުސާރަ:
|
މުސާރައިގެ އިތުރުން ކުންފުނީގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކޮށްތު ފައިސާއާއި، ހާޒިރީ އެލަވަންސް އަދި މެނޭޖްމަންޓް އެލަވަންސް ލިބޭނެއެވެ.
|
އެހެނިހެން އިނާޔަތްތައް:
|
- މުވައްޒަފުންނާ ބެހޭ ގަވާއިދުތަކާއި، އުސޫލުތަކަށް ތަނުގެ މުވައްޒަފުން އަހުލުވެރިކުރުވައި، އުސޫލުތައް ތަންފީޛުކުރުމުގައި މެނޭޖަރުންނަށް އެހީތެރިވެދިނުން.
- ތަނަށް ބޭނުންވާ ޤާބިލު މުވައްޒަފުން ހޯދުމުގައި އެހީތެރިވެދިނުން އަދި މުވައްޒަފުން ހޯދުމުގެ ކަންތައްތައް ބެލެހެއްޓުން.
- ކުންފުނީގެ އެކިއެކި މަޤާމުތަކަށް ބޭނުންވާ ތަމްރީންތައް ދެނެގަނެ، ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން.
- މުވައްޒަފުންގެ ޕަރފޯމަންސް ކުރިއެރުވުމަށް ޕްރޮގްރާމްތައް ރޭވުމާއި، ހިންގުން
|
މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތައް:
|
- ހިއުމަން ރިސޯސްގެ ދާއިރާއިން ނުވަތަ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު މެނޭޖްމަންޓްގެ ދާއިރާގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ހިއުމަން ރިސޯސްގެ ދާއިރާއިން ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު މެނޭޖްމަންޓްގެ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ
|
- އިނގިރޭސިބަހާއި ދިވެހިބަހުން ފަސޭހަކަމާ ފުރިހަމަކަމާއެކު ޢިބާރާތްކޮށް މުޢާމަލާތުކުރަން އެނގުން.
- މުވައްޒަފުންގެ އެއްބާރުލުން ހޯދައިގެން، މީހުންނާ ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރަން އެނގުން.
- މުޢާމަލާތުކުރުމުގެ ހުނަރާއި، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިއުމުގެ ހުނަރު ލިބިފައިވުން.
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރާ މީހެއްކަމުގައިވުން އަދިި މަސައްކަތްތައް ރާވައިގެން ހިންގޭ ފަދަ ޤާބިލިއްޔަތުކަން ހުރުން.
- ބަދަލުގެނައުމާއި އެދެވޭ ނަތީޖާ ނެރެވުމުގެ ޤާބިލުކަން ހުރުން.
|
ހުނަރުވެރިކަން:
|
ހުށަހަޅަންޖެހޭ ތަކެތި:
- މަޤާމަށް އެދިހުށަހަޅާ ސިޓީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ
- ވަޒީފާއަށް އެދިހުށަހަޅާފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިކަމުގެ ލިޔުން
ސުންގަޑި: 05 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން
ނޯޓް: މަޤާމަށް އެދި ހުށަހުޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ސިޓީ ފޮނުވާނީ:
ހިއުމަން ރިސޯސް ޑިޕާޓްމަންޓް
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ، 21-02 # (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު، މާލެ، ދިވެހިރާއްޖެ
ފޯން: 3335614 ފެކްސް: 3335615
އީމެއިލް: [email protected]