ޢާންމު މަޢުލޫމާތު
ނަންބަރު: 480/IUL/2023/55
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 20:56
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށް ބާއްވާ އިންތިޚާބު 2023 ގައި އިލެކްޓްރޯނިކް ނިޒާމް މެދުވެރިކޮށް ވޯޓުނެގުމާ ގުޅޭ

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށް 7 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 16:0އިން 18:00 ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓު ލުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށެވެ. 

ދިވެހި އަދި އިނގިރޭސި ބަހުން ބޭނުންކުރެވޭ ގޮތަށް ތައްޔަރުކޮށްފައިވާ މި އެޕްލިކޭޝަނަކީ، ކުންފުނިތަކުން ބާއްވާ ޢާންމު ޖަލްސާތަކުގައި ވޯޓުނެގުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ އަދި މިހާތަނަށް ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ގިނަ ޕަބްލިކު ކުންފުނިތަކުގެ އަހަރީ ޢާންމު ޖަލްސާތަކުގައި ބޭނުންކޮށްފައިވާ އިތުބާރުހިފޭ މަޤުބޫލު އެޕްލިކޭޝަނެކެވެ. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް 11  ޖޫން 2022 ގައި ބޭއްވުނު އިންތިޚާބުގައި އަދި 2 ޖުލައި 2023 ގައި ބޭއްވުނު އެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ލާފައިވަނީ ފަހި ވޯޓު ބޭނުންކޮށްގެންނެވެ.

ފަހިވޯޓު މެދުވެރިކޮށް ވޯޓުލުމަށް ބޭނުންވާ ފަހިވޯޓުގެ ވެބްސައިޓް ލިންކު، ޔޫޒަރނޭމް އަދި ޕާސްވޯޑް، ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދާއިމީ ދަފްތަރު ހިމެނޭ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް، 7 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޮނުވޭނެއެވެ. އަދި އެސް.އެމް.އެސްއަށް ލިބިލެއްވި ޔޫޒަރނޭމް އަދި ޕާސްވޯޑް ބޭނުން ކުރައްވައިގެން ފަހިވޯޓް (https://fahivote.mv/) އަށް ލޮގިން ކުރެއްވުމުން އިންތިޚާބުގައި ބައިވެރިވެވޭނެއެވެ. މިގޮތަށް ފޮނުވޭ ކޮންމެ ޔޫޒަރނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން ފަހިވޯޓު އެޕްލިކޭޝަންގައި ވޯޓުލެވޭ އައިޓަމަށް ވޯޓުލެވޭނީ އެންމެ ފަހަރަކުއެވެ.

06 ޑިސެންބަރު 2023