ދިވެހިރާއްޖެ
މި އިޢުލާންވަނީ 11 ޑިސެންބަރު 2023 14:19 ގައި ބާތިލް ކުރެވިފައެވެ.
ނަންބަރު:480/IUL/2023/54
ދިވެހިރާއްޖޭގެ ބާ ކައުންސިލަށް "މެމްބަރޝިޕް ޕޯޓަލް" އެއް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުން
ދިވެހިރާއްޖޭގެ ބާ ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މި ކައުންސިލުގެ ޚިދުމަތްތަކަށް އެދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް، މެންބަރުންނަށް ޚާއްސަކޮށް "މެމްބަރޝިޕް ޕޯޓަލް" އެއް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވީ ތާރީޚު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
# |
ތަފުޞީލު |
ތާރީޚު |
ގަޑި |
ތަން |
1 |
މަޢުލޫމާތު ސެޝަން |
13 ޑިސެންބަރު 2023 |
ހެނދުނު 10:00 |
މ. ވީނަސް، ނޫރީ ގޯޅި، 4 ވަނަ ފަންގިފިލާ |
2 |
އަންދާސީހިސާބު ހުށަހެޅުން |
17 ޑިސެންބަރު 2023 |
ހެނދުނު 10:00 |
މ. ވީނަސް، ނޫރީ ގޯޅި، 4 ވަނަ ފަންގިފިލާ |
މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، މަސައްކަތާބެހޭ އިތުރު ތަފުޞީލު އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ.
މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
6 ޑިސެންބަރު 2023